ޝެއިންގެ ވިޔަފާރި އަލުން އިންޑިއާ އަށް

Fri, 26 May 2023 05:05 PM

View on this article on adduLive

ޝެއިންގެ ވިޔަފާރި އަލުން އިންޑިއާ އަށް

މަޝްހޫރު އޮންލައިން ވިޔަފާރި "ޝެއިން" އިން އިންޑިއާގައި އަލުން ފަށަން ނިންމައިފި އެވެ.

މިކަން މިއަދު އިއުލާންކޮށްފައި ވަނީ އެ ވިޔަފާރި އެ ގައުމުގައި ހުއްޓައިލިތާ ތިން އަހަރު ފަހުންނެވެ. އެކަމަކު އަލުން އިންޑިއާ މާކެޓަށް ނުކުންނަން ނިންމައި "ޝެއިން" ގެ ވިޔަފާރި މި ފަހަރު ކުރިއަށް ގެންދަން ނިންމާފައި ވަނީ އިންޑިއާގެ ރިލަޔަންސްގެ ގްރޫޕްގެ ސަބްސިޑަރީއެއް ކަމަށްވާ ރިލަޔަންސް ރިޓެއިލްއާ ގުޅިގެންނެވެ.

ރިލަޔަންސް އަކީ އިންޑިއާގެ މަހުޖަނު މުކޭޝް އަމްބަނީގެ ވިޔަފާރި އެވެ.

އެ ކުންފުންޏާ ގުޅިގެން އަލުން "ޝެއިން" ގެ ވިޔަފާރި އިންޑިއާގައި ފަށަން ނިންމި ނަމަވެސް އެކަމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.

"ޝެއިން" އިންޑިއާ އިން 2020 ބޭރުކުރީ އެ ގައުމާއި ޗައިނާއާ ދެމެދު އެ އަހަރު އުފެދުނު ކޯޅުންތަކުގެ ތެރޭގައި ޗައިނާގެ ހިއްސާ އޮންނަ ގޮތަށް ހިންގާ ވިޔަފާރިތައް މަނާކުރުމުގެ ތެރޭގަ އެވެ. އެގޮތުން އެ އަހަރު "ޝެއިން" އެޕް އިންޑިއާގައި ބޭނުން ނުކުރެވޭ ގޮތް ހެދި އެވެ. އޭރު "ޝެއިން" ގެ ހެޑްކުއާޓަރު ހުރީ ޗައިނާގަ އެވެ. އެކަމަކު ފަހުން އެތަން ވަނީ ސިންގަޕޫރަށް ބަދަލުކޮށްފަ އެވެ.

މީޑިއާތަކުން ބުނި އެ ވިޔަފާރި އަލުން އިންޑިއާ މާކެޓަށް ނުކުންނަ ރިލަޔަންސާ ގުޅިގެން އެކަން ކުރަން ސަރުކާރުން ހުއްދަ ދިނުމާ ގުޅިގެންނެވެ.

"ޝެއިން" އަކީ ފަހުގެ އަންނައުނު އޮންލައިންކޮށް ގަތުމަށް ގިނަ ބަޔަކު މިހާރު ވަރަށް ބޮޑަށް ބަރޯސާވާ ވިޔަފާރިއެކެވެ.

The post ޝެއިންގެ ވިޔަފާރި އަލުން އިންޑިއާ އަށް appeared first on adduLIVE.More from adduLive