މިދިޔަ މަހު ރާއްޖެއަށް 96،882 ފަތުރުވެރިން ޒިޔާރަތްކުރި

Mon, 01 Mar 2021 09:25 PM

View on this article on adduLive

މިދިޔަ މަހު ރާއްޖެއަށް 96،882 ފަތުރުވެރިން ޒިޔާރަތްކުރި

މިދިޔަ މަހު ރާއްޖެެއަށް 96،882 ފަތުރުވެރިން ޒިޔާރަތް ކުރި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.

މިދިޔަ މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެވްރެޖް ގޮތެއްގައި ރާއްޖެ އަށް ވަނީ 3460 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އޭގެ ކުރީގެ މަހު ދުވާލަކު އެވްރެޖްކޮށް ރާއްޖެ އަށް ޒިޔާރަތް ކުރީ 2971 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ ގައުމަކީ އިންޑިއާއެވެ. ދެވަނަ އަށް އެންމެ ގިނައިން މީހުން އައިސްފައިވަނީ ރަޝިޔާ އިންނެވެ.
ސަރުކާރުން ވަނީ މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒު ހިފާފައެވެ.

މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް 555213 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިިނިސްޓްރީން ބުނެއެވެ.

The post މިދިޔަ މަހު ރާއްޖެއަށް 96،882 ފަތުރުވެރިން ޒިޔާރަތްކުރި appeared first on adduLIVE.