މިއަދު 186 މީހުން ޕޮޒިޓިވް ވެއްޖެ

Mon, 01 Mar 2021 10:04 PM

View on this article on adduLive

މިއަދު 186 މީހުން ޕޮޒިޓިވް ވެއްޖެ

ކޮވިޑު-19އަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އިންތިހާއަށް މަތިވަމުން އަންނަ އިރު މިއަދު އެކަނިވެސް 180 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމު ކުރި މައުލޫމާތުން ދައްކާގޮތުގައި ފާއިތުވި 24 ގަޑި އިރު ތެރޭ ރާއްޖެއިން ވަނީ 186 މީހުން ކޮވިޑު-19 އަށް ޕޮޒިޓިވްވެފައެވެ. ޕޮޒިޓިވްވީ މީހުންގެ ތެރެއިން 152 މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ. 23 މީހުން ޕޮޒިޓިވްވެފައިވަނީ އަތޮޅުތަކުންނެވެ. އަދި 10 މީހަކު ވަނީ ރިސޯޓުތަކުން ޕޮޒިޓިވްވެފައެވެ.

މިއަދުގެ އަދަދު ތަކާއި އެކު ރާއްޖެއިން ޕޮޒިޓިވްވީ ޖުމްލަ މީހުންގެ އަދަދު މިވަނީ 19،979 އަށް އަރާފައެވެ. 17343 މީހުން ބަލިން ރަނގަޅުވެފައިވާ އިރު 181 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ރާއްޖެއިން މިހާތަަނަށް މިބަލީގައި 62 މީހަކު ވަނީ މަރުވެފައެވެ.

The post މިއަދު 186 މީހުން ޕޮޒިޓިވް ވެއްޖެ appeared first on adduLIVE.