ހަބީބަށް ކަރަޕްޝަންގެ ތުހުމަތު، މައްސަލަ އޭސީސީއަށް!

Mon, 01 Mar 2021 09:13 PM

View on this article on adduLive

ހަބީބަށް ކަރަޕްޝަންގެ ތުހުމަތު، މައްސަލަ އޭސީސީއަށް!

އިލެކްޝަން ކަމިޝަން (އީސީ)ގެ ނައިބް ރައީސް އިސްމާއިލް ހަބީބުއަށް ތުހުމަތު ކުރެވޭ ކަރަޕްޝަންގެ މައްސަލައެއް އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަބީބު އާއި ގުޅޭ ގޮތުން އޭސީސީއަށް ހުށަހަޅާފައިވަނީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ މައްސަލައެކެވެ. އެގޮތުން ހަބީބުގެ މަސްލަހަތު ހިމެނޭ ކުންފުންޏެއްގެ ލިޔެކިއުން އިލެކްޝަން ކަމިޝަންގެ ޕްރިންޓަރު ބޭނުންކޮށްގެން ޕްރިންޓު ކޮށްފައިވާކަމަށް ހުށަހެޅި މައްސަލާގައިވެއެވެ.

އޭސީސީން ވަނީ މި ފަދަ މައްސަލައެއް ހުށަހެޅިފައިވާކަން ޔަގީންކޮށްދީފައެވެ.

އިސްމާއިލް ހަބީބު އީސީގެ ނައިބް ރައީސް ކަމަށް އައްޔަން ކޮށްފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު އަކްރަމް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

The post ހަބީބަށް ކަރަޕްޝަންގެ ތުހުމަތު، މައްސަލަ އޭސީސީއަށް! appeared first on adduLIVE.