!ފުރާވަރު އުމުރަށް އަރާ އަންހެންކުދިން ޕީރިއަޑް ނުވެ ލަސްވާނަމަ ވިސްނަންވީ ކަންތައް

Sun, 21 Jul 2024 10:28 PM

View on this article on XeeTimes

!ފުރާވަރު އުމުރަށް އަރާ އަންހެންކުދިން ޕީރިއަޑް ނުވެ ލަސްވާނަމަ ވިސްނަންވީ ކަންތައް

ފަހަކަށް އައިސް އަންހެންކުދިން މައްސަރުކަންތައް ނުވަތަ ޕީރިއަޑްވުން އަވަސްވާ ބައެއް ސަބަބުތައް ދިރާސާތަކުން ދެނެގަނެވިފައިވެއެވެ. އެގޮތުން 71341 އަންހެންކުދިން ބޭނުންކޮށްގެން 'ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެންވަޔަރަމެންޓް ހެލްތް ސައިންސް' އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި 2000-2005 ވަނަ އަހަރާ ދެމެދު އުފަންވެފައިވާ ކުދިން ޕީރިއަޑް ވާން ފެށެނީ އުމުރުން 11.6 އަހަރުގައެވެ. އަދި 1950-1969 ދެމެދު އުފަންވެފައިވާ އަންހެނުން 12.5 ގައެވެ. މިހެން ދިމާވާން މެދުވެރިވާ ބައެއް ސަބަބުތައް މިދިރާސާތަކުން ހޯދިފައިވެއެވެ.



ސިއްހީ ގޮތުން ދިމާވާ ކަމެއްގެ ސަބަބުން މައްސަރުކަންތައް ގަވާއިދުން ނުވެ ހިނގައިދާނެއެވެ. ފުރާވަރަށް އަރާއުމުރުގައި މިހެން ދިމާވާން މެދުވެރިވާ ބައެއް ސަބަބުތަކުގެތެރޭގައި ހަށިގަނޑުގެ ދުޅަހެޔޮކަން ހުންނަ މިންވަރު ނުވަތަ ނަފްސާނީ އަދި އިޖުތިމާއީގޮތުން ދިމާވާ ގޮންޖެހުންތައް ހިމެނެއެވެ. އެގޮތުން އެފަދަ ހޯދުންތަކުން ހާމަވެފައިވާ ގޮތުގައި ބަރުދަން ހުންނަންޖެހޭ ވަރަށްވުރެން އިތުރު ވުމާއި ކެއުމުގައި ބޭނުންކުރާ ހަށިގަނޑަށް ގެއްލުންވާ ކާނާއާއި، ފިކުރުބޮޑުވުމަކީ އެންމެ ބޮޑަށް މިކަން ކުރިމަތިވާން ދިމާވާ ސަބަބެވެ. އެހެންކަމުން ބޮޑީމާސް އިންޑެކްސް (ބީ.އެމް.އައި) ހުންނަންޖެހޭ މިންވަރުގައި ނުހިފެހެއްޓޭނަމަ މިކަން ކުރިމަތިވާ މުއްދަތު އަވަސްވެއެވެ. ހަޑިގަނޑަށް އަންނަ ބަދަލުތައް ގުޅިފައި މިވަނީ ދިރިއުޅުމުގައި ގެންގުޅޭ ވައްޓަފާޅިއަށެވެ. ފައިދާހުރި ރަނގަޅުކާނާ ބޭނުންކުރުމާއެކު ގަވާއިދުން ކަސްރަތު ކުރުމުން މި މައްސަލަ ދިމާވުން ދުރުކޮށްދޭނެކަމަށް ދިރާސާތަކުން ހޯދިފައިވާ މައުލޫމާތުތަކުން ހާމަވެފައިވެއެވެ.  

އަންހެން ކުދިންގެ އުމުރުން 12 އަހަރުވާއިރުވެސް އެއްގޮތަކަށްވެސް ޕީރިއަޑް ނުވާނަމަ އެއީ ބެލެނިވެރިން ކަންބޮޑުވާކަމެކެވެ. ބައެއް ފަހަރު ޕޮލިސިސްޓިކް އޯވަރީ ޑިސީސްގެ ސަބަބުންވެސް މިފަދަ މައްސަލައެއް ދިމާވެދާނެއެވެ. އަދި އެކީގައި އުޅޭ ރައްޓެހިކުދިން ގަވާއިދުން ޕީރިއަޑް ވާއިރު އެގޮތަށް ނުވާކުދިން ދެރަވެ އެކަމާ ވިސްނޭފަހަރު އާދެއެވެ. ޕީރިއަޑުގެ މައްސަލަ އުޅޭނަމަ އެންމެ ރަނގަޅު ގޮތަކީ ޑޮކްޓަރުގެ ލަފައާއެކު ފަރުވާ ކުރިއަށް ގެންދިއުމެވެ.

މަސްދަރު: ހަވާޑް ސްކޫލް އޮފް ޕަބްލިކް ހެލްތް

The post !ފުރާވަރު އުމުރަށް އަރާ އަންހެންކުދިން ޕީރިއަޑް ނުވެ ލަސްވާނަމަ ވިސްނަންވީ ކަންތައް appeared first on XeeTimes.



More from XeeTimes