ވޯލްޑް ޓްރެވަލް އެވޯޑްސް: އެންމެ މަޤްބޫލު މަންޒިލަކަށް ދިވެހިރާއްޖެ!

Mon, 06 May 2024 06:45 PM

View on this article on XeeTimes

ވޯލްޑް ޓްރެވަލް އެވޯޑްސް: އެންމެ މަޤްބޫލު މަންޒިލަކަށް ދިވެހިރާއްޖެ!

ވޯރލްޑް ޓްރެވަލް އެވޯޑްސް އިންޑިއަން އޯޝަން ކެޓަގަރީއިން ޚާއްސަ އެވޯޑުތަކެއް ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ.



ދިވެހިރާއްޖެއަށް ލިބުނު 4 އެވޯޑަކީ:

  • އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން 2024
  • އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން 2024
  • އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން 2024
  • އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން 2024

ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކުރިއަށްގެންދިޔަ ހަފްލާގައި ރާއްޖެއަށް ލިބުނު އެވޯޑުތަކާއި ހަވާލުވެވަޑައިގަތީ ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލާއި އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފާޠިމަތު ތަޢުފީޤު، އެމްއެމްޕީއާރުސީ ބޯޑުގެ ޗެއަރޕާސަން ނޫރައިން ޖަނާހު އަދި ޓޫރިޒަމް ޑިވެލޮޕްމެންޓް އެޑްވައިޒަރު މުހައްމަދު ޚަލީލުއެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ގުޅިގެން ދަނީ ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 2003 ވަނަ އަހަރުން ފެށިގެން ވޯލްޑް ޓްރެވަލް އެވޯޑްސްގައި ދިވެހިރާއްޖެއިން ދަނީ ގިނަ ކާމިޔާބީތަކެއް ހާސިލުކުރަމުންނެވެ. ކޮންމެ އަހަރަކު ލިބެމުންދާ މިފަދަ އެވޯޑުތަކުން ދިވެހިރާއްޖެ އިތުރަށް އިސްތިހާރުވުމަށް ފުރުސަތު ލިބި ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލަކަށް ރާއްޖެ ހެދުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތައް ދަނީ ލިބެމުންނެވެ.

The post ވޯލްޑް ޓްރެވަލް އެވޯޑްސް: އެންމެ މަޤްބޫލު މަންޒިލަކަށް ދިވެހިރާއްޖެ! appeared first on XeeTimes.



More from XeeTimes