އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމަކަށް: ރަނގަޅު ވިސްނުން އިޚްތިޔާރުކުރަމާ!

Sun, 04 Jun 2023 09:22 AM

View on this article on XeeTimes

އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމަކަށް: ރަނގަޅު ވިސްނުން އިޚްތިޔާރުކުރަމާ!

ޚިޔާލާއި ފިކުރަކީ ތަފާތު އެއްޗެކެވެ. މިބަވަނަވީ ދުނިޔެއަށް އަންނަ ބަދަލުތަކާއި އެއްކޮށް އަހަރުމެންގެ މުޖުތަމަޢުގެ ފޭރާންވެސް މިދަނީ ބަދަލުވެ ބައްޓަންވެ އެކިގޮތްގޮތައް ގެތެމުންނެވެ. އަދި މީހުންގެ ދިރިއުޅުމާއި ވައްޓަފާޅިވެސް މިއަވާގައި ޖެހި ވިސްނުމާއި ފިކުރުތަކަށް ބަދަލު އާދެއެވެ. އެގޮތުން މިއަދުގެ މަޢުޟޫއެއްގެ ގޮތުގައި މި ލިޔެލަނީ އަހަރުމެންގެ މުޖުތަމަޢު ތެރޭގައި މިހާރަކަށް އައިސް އާންމުވަމުންދާ ނުރަނގަޅު ވިސްނުންތަކުގައި ގުޅުންތަށް ހީނަރުވެ ގެއްލުމާއި ހަލާކުގެ ތެރެއަށް އެންމެންވެސް ވެއްޓެމުންދާ ޚިޔާލުތަކާއި ފިކުރުތަކުގެ މައްޗަށެވެ.  



ޚިޔާލާއި ފިކުރު:

އަހަރުމެން އެންމެންނަކީވެސް ތަފާތު އެތައް ވިސްނުމަކާއި ޚިޔާލާއި ފިކުރުތަކުގައި ހޭދަކުރާބައެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ދުވާލެއްގެ މައްޗަށް އިންސާނާ 70،000 ފިކުރުތަކާއި ޚިޔާލުތައް ސިކުނޑީގައި ގެންގުޅެއެވެ. މި ފިކުރުތަކަކީ އަހަރުމެންނަށް ރަނގަޅު ކަންކަމަށް މަގުފަހިވާ ފިކުރުތަކާއި އަދި ގެއްލުމާއި ހަލާކުގެ ތެރެއަށް ޢަރަގުވެގެންދާފަދަ ފިކުރުތަކަކަށްވެސް ވެއެވެ. އެހެންކަމުން މިފިކުރުތަކުގެ ހަޤީޤަތާއި ސައްޙަކަން ދަނެގަތުމަކީ ޑިޕްރެޝަން، އެންޒައިޓީ އަދި ސްޓްރެސް މެނޭޖްކުރަން ދަސްވެގެންދާނެ ފިލާވަޅުތަކަކަށް ވާނެއެވެ.

Advertisement

ފިކުރުތަކާއި ޚިޔާލު އުފެދޭ ގޮތްތަށް:

އިންސާނާގެ ފިކުރާއި ޚިޔާލުތަކަކީ އޭނާގެ މަޢުލޫމާތާއި ތަޖްރިބާއާއި އަދި އުޅޭ މާހައުލާއި ދޭދޭގުޅުންތަކުން ސިކުނޑިއަށް ކަންކަން ނަގާގަނެވޭގޮތްތަކަށް ބައްޓަންވާ އެއްޗެކެވެ. ވުމާއެކު މިފިކުރުތަކާއިމެދު ސަމާލުވެ ސައްޙަކަން ދަނެގަންނަން އެނގުމަކީ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް އާރާސްތުކުރުމަށްޓަކައި ކޮށޭނެމަގެކެވެ. ވީމާ، ޚިޔާލާއި ފިކުރު އައުމުން އެއީ ރަނގަޅު ވިސްނުމެއްތޯ ނޫންތޯ ކަނޑައެޅުމުގައި އިސްތިރާޖީ ވިސްނުން (ކްރިޓިކަލް ތިންކިންގ) ޚިޔާރު ކުރުން މުހިއްމެވެ.

ޚިޔާލާއި ފިކުރު ރަނގަޅުމަގަށް ގެނެވިދާނެ ގޮތްތަށް:

އިންސާނީ ތަބީޢަތް އަދި ފިތުރަތް ލައްވާފައިވާގޮތުން ރަނގަޅު ވިސްނުމަށްވުރެ އަވަހަށް ނުރަނގަޅު ވިސްނުން މީހާ ކޮންޓްރޯލްކޮށް ނަގައިގަންނަވަރު އަވަސްވެއެވެ. އެހެންކަމުން ނުރަނގަޅު ވިސްނުމަކާއި ދިމާލަށް ޚިޔާލާއިފިކުރު ދާކަމުގައިވާނަމަ އެންމެ ފުރަތަމަ ހަމަޖެހިލާ އެވިސްނުމާމެދު ފުންކޮށް ވިސްނާލާށެވެ. ދެން އެއަށްފަހު އެވިސްނުން އައީ ކޮންގޮތަކަށްތޯ އަދި އަމިއްލަ ނަފްސުގެ ކޮންކަމަކާ ގުޅިގެންތޯ ފުންކޮށް ޚިޔާލުކޮށް ހޯދާލާށެވެ. އަދި ނުރަނގަޅުކޮށް އައި ވިސްނުމުގަ އިން ރަނގަޅުގޮތްބަލާ ހޯދާ އެގޮތައް އަމަލުކުރަން ފަށާށެވެ. ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށްކަމަށް ވިސްނާ ފައިދާކުރަނިވި ފިކުރުތަކާއި ވިސްނުންތަކަށް ލޯހުޅުވާ ޕްރެކްޓިސްކުރުމުގައި ވަގުތު ހޭދަކުރާށެވެ. އޭރަށް ތިމާއާއި ތިމާއާއެކުވާ އެންމެންގެ ދިރިއުޅުންވެސް އުފާވެރި ހަމަޖެހޭ ދިރިއުޅުންތަކަކަށް ހެދޭނެއެވެ. ހެޔޮނިޔަތުގައި ހެޔޮކަންތައްތަކަށް މަސައްކަތްކުރުމުން އަހަރުމެން އެންމެނަށްވެސް މާތްރަސްކަލާނގެ ޙަޒްރަތުން ހިދާޔަތާއި ތަޢުފީޤު މިންވަރު ކުރައްވާނެތެވެ.

ވިސްނުމާއި ފިކުރު ރަނގަޅުކުރަން ކުރެވޭނެ ކަންތައްތަކުގެ ޚުލާސާ:

  1. ފުރަތަމަ ހަމަޖެހިލާ އެވިސްނުމާމެދު ފުންކޮށް ވިސްނާލާށެވެ.
  2. އެވިސްނުން އައީ ކޮންގޮތަކަށްތޯ އަދި އަމިއްލަ ނަފްސުގެ ކޮންކަމަކާ ގުޅިގެންތޯ ފުންކޮށް ޚިޔާލުކޮށް ހޯދާލާށެވެ.
  3. އަދި ނުރަނގަޅުކޮށް އައި ވިސްނުމުގައިން ރަނގަޅުގޮތްބަލާ ހޯދާ އެގޮތައް އަމަލުކުރަން ފަށާށެވެ.

 

އެޑިޓަރުގެ ނޯޓް: މިއީ ސޯޝަލް އިމޯޝަނަލް އިންޓެލިޖެންސް ކޯޗެއް އަދި ގައިޑަންސް އެންޑް ކައުންސެލަރ އެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ސަމާ އިބްރާހިމް ދީދީ "ޒީޓައިމްސް" އަށް ހަދިޔާ ކޮށްފައިވާ ލިޔުމެކެވެ. މި ލިޔުމުގެ ބޭނުމަކީ ކިޔުންތެރިންނަށް ދިރިއުޅުމުގެ ހުނަރުތަކާއި ހަރުދަނާ ބަދަހި ގުޅުންތަކެއް ދެމެހެއްޓުމަށް ކުރެވިދާނެ ކަންތައްތަކުގެ މަޢުލޫމާތު ހިއްސާކުރުމެވެ.

މިލިޔުން ކިޔާލުމުން
+1
0
+1
0
+1
12
+1
0
+1
0
+1
0
+1
0


More from XeeTimes