މާލެ އަތޮޅުން ހޮވާ ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Sun, 17 Oct 2021 08:00 PM

View on this article on Zaviyani.mv

މާލެ އަތޮޅުން ހޮވާ ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ADVERTISEMENT

މާލެ އަތޮޅުން ހޮވާ ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ބުނީ، 2021 ވަނަ އަހަރުގެ 41 ވަނަ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް މާލެއަތޮޅު ގާފަރުގައި ބާއްވާ ހަފުލާގައި، މާލެ އަތޮޅުން ހޮވާ ޚިދުމަތްތެރި ދެކެޔޮޅަކަށް ޚާއްސަ އެވޯޑެއް ދޭގޮތަށް ހަމަޖެހިފައި ވާކަމަށެވެ.

މި އެވޯޑް ދޭން ނިންމާފައިވަނީ، މިހާރުވެސް މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ މާލެ އަތޮޅުން ހޮވާލެވޭ އެންމެ ޚިދުމަތްތެރި (35 އަހަރުން ދަށް) ކެޔޮޅަކާއި އެންމެ ތަޖުރިބާ (35 އަހަރުން މަތި) ކެޔޮޅަށް ކަމަށެވެ.

މިނިސްޓްރީން ބުނީ، މިއެވޯޑަށް ކުރިމަތިލުމަށް ބޭނުންވާ ޚިދުމަތްތެރި ޒުވާން އަދި ތަޖުރިބާކާރު ކެޔޮޅުން ހޮވުމަށްޓަކައި މި ކަމަށް ކަނޑައަޅާފައިވާ ފޯމު ފުރިހަމަ ކުރުމަށް ފަހު، ނޮވެމްބަރ 15 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން އެ މިނިސްޓްރީއަށް ހުށަހެޅުމަށް އެދޭކަމަށެވެ.

މި ދެއެވޯޑަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.  އެވޯޑަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީގެ admin@fishagri.gov.mv މެއިލް އަށް ވެސް ފޮނުވެއެވެ. ކެޔޮޅުންގެ އެވޯޑަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމާއި ކުރައިޓީރިޔާ މިނިސްޓްރީގެ ވެބްސައިޓް www.fishagri.gov.mv ން ޑައުންލޯޑު ކުރެވެން އެބަހުއްޓެވެ.