އިންޓަރނޭޝަނަލް ހޯމް-ބޭސްޑް ވޯކާރސްގެ ދުވަހުގެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

Sun, 17 Oct 2021 07:15 PM

View on this article on Zaviyani.mv

އިންޓަރނޭޝަނަލް ހޯމް-ބޭސްޑް ވޯކާރސްގެ ދުވަހުގެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ADVERTISEMENT

އިންޓަރނޭޝަނަލް ހޯމް-ބޭސްޑް ވޯކާރސްގެ ދުވަހުގެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ބުނީ މިމަހުގެ 20 ވަނަ ދުވަހު ފާހަގަކުރާ އިންޓަނޭޝަނަލް ހޯމް-ބޭސްޑް ވޯކާރސްގެ ދުވަހާ ގުޅިގެން، މިމަހުގެ 21، 22 އަދި 23 ވަނަ ދުވަހު "ހޯމް-ބޭސްޑް ވޯކާރސް ޑޭ އައުޓް" ގެ ނަމުގައި ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި އިވެންޓެއް ބާއްވަން ހަމަޖެހިފައިވާކަމަށާއި، އެ އިވެންޓުގައި ބައިވެރިވުމަށް މިހާރު ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ރަޖިސްޓަރީ ކުރުމުގެ ސުން ގަޑިއަކީ 20 އޮކްޓޫބަރު 2021 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމާ ހަމައަށެވެ.

"މި އިވެންޓުގައި ބައިވެރިވާ ފަރާތްތަކަށް އެއްވެސް އަގަކާ ނުލައި އެ ފަރާތްތަކުގެ މުދާ ނުވަތަ ޚިދުމަތް ޑިސްޕްލޭކޮށް، މާކެޓްކޮށް އަދި ވިއްކުމަށްޓަކައި، ބައިވެރިވާ ކޮންމެ ފަރާތަކަށް 4×2 ފޫޓުގެ މޭޒަކާއި ޓެންޓެއް ހިމެނޭ ސަރަހައްދެއް ހަމަޖެހިގެންދާނެ. އަދި މި އިވެންޓުގައި ކާބޯތަކެއްޗާއި، އަންނައުނާއި، ފޭސް ޕެއިންޓިންގ، މޭކަޕް ފަދަ ޚިދުމަތްތަކުގެ އިތުރުން ގޭގައި ތިބެގެން ތައްޔާރު ކުރާ އެހެނިހެން ބާވަތްތަކުގެ މުދާ ވިއްކޭނެ." ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.

މި އިވެންޓުގައި ބައިވެރިވުމަށް، އެކަމަށް ކަނޑައަޅާފައިވާ ގޫގުލް ފޯމް މެދުވެރިކޮށް ނުވަތަ 3305555 އަށް ގުޅައިގެން ރަޖިސްޓަރީ ކުރެވެ އެވެ. އިތުރު މަސުލޫމާތު ބޭނުންނަމަ 3305555 ނުވަތަ info@bcc.mv އަށް އީމެއިލް ކޮށްލުމުން، އެކަން ހަމަޖެހޭނެކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނެއެވެ.

"ހޯމް-ބޭސްޑް ވޯކާރސް ޑޭ އައުޓް" އަކީ ގޭގައި ތިބެގެން މަސައްކަތް ކުރާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތަކަށް މާކެޓް ހޯދައިދީ މިފަދަ ވިޔަފާރި ތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމުގެ މަގުސަދުގައި ބާއްވާ އިވެންޓެކެވެ.