3 އަތޮޅެއްގެ ސްކޫލް އިމާރާތްކުުރުމުގެ މަޝްރޫއުގެ މަސައްކަތް އަފާމީ މޯލްޑިވްސްއަށް!

Sat, 18 Sep 2021 02:39 PM

View on this article on Zaviyani.mv

3 އަތޮޅެއްގެ ސްކޫލް އިމާރާތްކުުރުމުގެ މަޝްރޫއުގެ މަސައްކަތް އަފާމީ މޯލްޑިވްސްއަށް!

3 އަތޮޅެއްގެ ސްކޫލް އިމާރާތްކުުރުމުގެ މަޝްރޫއުގެ މަސައްކަތް އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފި އެވެ.
ދިވެހި ސަރުކާރުގެ މިއަހަރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ދަށުން އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ނ.ކުޑަފަރި ސްކޫލް 08 ކްލާސްރޫމް އަދި މަލްޓި ޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތާއި، ށ. މާއުނގޫދޫ ސްކޫލް މަލްޓި ޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތާއި، ރ. އުނގޫފާރު ސްކޫލް މަލްޓި ޕަރޕަސް ހޯލް އިމާރާތުގެ ނުނިމިހުރި މަސައްކަތް ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެއެވެ.

މި 3 މަޝްރޫއުގެ ތެރެއިން، ނ. ކުޑަފަރި ސްކޫލްގެ މަސައްކަތަށް އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ހަވާލުކޮށްފައިވަނީ  15,412,360.92ރ (ފަނަރަ މިލިއަން ހަތަރުލައްކަ ބާރަހާސް ތިންސަތޭކަ ފަސްދޮޅަސް ރުފިޔާ ނުވަދިހަ ދެ ލާރި) އަށެވެ. މި މަސައްކަތް އެއް އަހަރު ދުވަހުގެތެރޭގައި ނިންމާގޮތައް އެކުންފުނިން ވަނީ އެއްބަސްވެފައެވެ.

ށ. މާއުނގޫދޫ ސްކޫލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ 9,814,925.95ރ (ނުވަ މިލިއަން އަށްލައްކަ ސާދަ ހާސް ނުވަސަތޭކަ ފަންސަވީސް ރުފިޔާ ނުވަދިހަ ފަސް ލާރި) އަށެވެ. މި މަސައްކަތްވެސް އެއްއަހަރު ދުވަހުގެތެރޭގައި ނިންމަން ވަނީ އެއްބަސްވެފަ އެވެ.

ADVERTISEMENT

ރ. އުނގޫފާރު ސްކޫލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ 8,347,024.58ރ (އަށް މިލިއަން ތިންލައްކަ ސާޅީސްހަތްހާސް ސައުވީސް ރުފިޔާ ފަންސާސް އަށް ލާރި) އަށެވެ. މި މަސައްކަތް 360 ދުވަހު ތެރޭގައި ނިންމަން ޖެހެއެވެ.

އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެކު މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހަފުލާގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ފަރާތުން ސޮއި ކުރެއްވީ ފައިނޭންސް އެގްޒެކެޓިވް ނައުޝާދު އިބްރާހީމެވެ. އަދި، އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަމީން މުހައްމަދެވެ.