އޭޝިއަން ކަޕް ކޮލިފައިނަށް ގައުމީ އަންހެން ޓީމު ތަޖިކިސްތާނަށް ފުރައިފި

Sat, 18 Sep 2021 02:58 PM

View on this article on Zaviyani.mv

އޭޝިއަން ކަޕް ކޮލިފައިނަށް ގައުމީ އަންހެން ޓީމު ތަޖިކިސްތާނަށް ފުރައިފި

އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިނަށް ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ތަޖިކިސްތާނަށް ފުރައިފި އެވެ.

މިމަހުގެ 23 އިން 29 ގެ ނިޔަލަށް އޮންނަ އޭއެފްސީ ކޮލިފައިންގައި ރާއްޖޭގެ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 23 ވަނަ ދުވަހު އެވެ. ރާއްޖެ އެ މެޗުގައި ނިކުންނާނީ ވިއެޓްނާމާއި ދެކޮޅަށެވެ. އަދި، ދެވަނަ މެޗުގައި މިމަހުގެ 26 ވަނަ ދުވަހު ރާއްޖެ ކުޅޭނީ ތަޖިކިސްތާނާ ދެކޮޅަށެވެ. ކޮލިފައިން މެޗުތައް ނިންމާލުމަށް ފަހު ގައުމީ އަންހެން ފުޓްބޯޅަ ޓީމު އެނބުރި ރާއްޖެ އަންނާނީ މިމަހުގެ 29 ވަނަ ދުވަހު އެވެ.

އަންނަ އަހަރު އިންޑިއާގައި ބާއްވާ އޭއެފްސީ ވިމެންސް އޭޝިއަން ކަޕްގެ ކޮލިފައިންގައި ރާއްޖެ ހިމެނެނީ ގްރޫޕް ބީ ގައެވެ.

ADVERTISEMENT