ތ އަތޮޅުން ހާލު ބޮޑު ބަލި މީހަކު އެމްއެންޑީއެފްގެ އެހީގައި މާލެ ގެންގޮސްފި

Sun, 25 Jul 2021 11:53 AM

View on this article on Zaviyani.mv

ތ އަތޮޅުން ހާލު ބޮޑު ބަލި މީހަކު އެމްއެންޑީއެފްގެ އެހީގައި މާލެ ގެންގޮސްފި

ތ އަތޮޅުން ހާލުބޮޑު ބަލި މީހަކު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) ގެ އެހީގައި މާލެ ގެންގޮސްފި އެވެ.

އެމްއެމްޑީއެފުން ބުނީ ތ އަތޮޅު ރީޖަނަލް ހޮސްޕިޓަލުގައި އޮތް ހާލު ބޮޑު ބަލި މީހަކު އެމްއެންޑީއެފް ސެންޓްރަކް ކޮމާންޑްގެ ބެލުމުގެ ދަށުން ހެލިކޮޕްޓަރުގައި މިއަދު ހެނދުނު 11:15 ގައި މާލެ ގެންގޮސްފައި ވާކަމަށެވެ.

އެމީހާ މާލެ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފްއިން ބުނި ނަމަވެސް، އެމީހާގެ ސިއްހީ ހާލަތު ބަޔާންކޮށްފައެއް ނުވެއެވެ.

ADVERTISEMENT

ހާލުބޮޑުވެ ތ އަތޮޅުން މާލެ ގެންގޮސްފައިވަނީ، އުމުރުން 57 އަހަރުގެ ފިރިހެނެކެވެ.