އުތުރުގެ ސަރަހައްދުތަކަށް ނެރުނު ހުދު ސަމާލު ދަންމާލައިފި

Sun, 25 Jul 2021 11:06 AM

View on this article on Zaviyani.mv

އުތުރުގެ ސަރަހައްދުތަކަށް ނެރުނު ހުދު ސަމާލު ދަންމާލައިފި

ހއ އިން ފެށިގެން ދ އަތޮޅަށް ނެރުނު ހުދު ސަމާލު ދަންމާލައިފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މި ސަރަހައްދަށް ނެރުނު ހުދު ސަމާލު ދަންމާލަފައިވަނީ މިއަދު 03:00 އާ ހަމައަށެވެ. މެޓް އޮފީހުން ބުނީ، މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަ ވާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައި ވެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ. އަދި ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި، އެހެންހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

ADVERTISEMENT

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހާމަކޮށްފަ އެވެ. ރާޅު ނަގާނެކަމަށް ލަފާކޮށްފައިވަނީ 3-6 ފޫޓު އުސްމިނުގަ އެވެ.

މޫސުން ގޯސްވަމުން އަންނާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.