ދިރާސީ އަހަރު ފެށުމުގެ ކުރިން ސްކޫލުތަކުގެ މުވައްޒަފުން ވެކްސިން ފުރިހަމަކުރަން އަންގައިފި

Tue, 27 Jul 2021 12:08 PM

View on this article on Zaviyani.mv

ދިރާސީ އަހަރު ފެށުމުގެ ކުރިން ސްކޫލުތަކުގެ މުވައްޒަފުން ވެކްސިން ފުރިހަމަކުރަން އަންގައިފި

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ސްކޫލުތަކުގެ މުވައްޒަފުން ކޮވިޑް-19 އިން ދިފާއުވުމަށް ޖަަހަމުން އަންނަ ވެކްސިން ޖެހުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި އެންގުމެއްގައި ބުނެފައިވަނީ ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަމަހުގެ 10 ވަނަ ދުވަހު ފަށާއިރު އާންމު ހާލަތުގައި ސްކޫލުތަކުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ބޭނުންވާކަމަށެވެ. އެހެންކަމުން ސްކޫލްތަކުގެ ހުރިހާ މުވައްޒަފުން ކޮވިޑް-19 ވެކްސިންގެ ޑޯޒްތައް ސްކޫލުތަކުގެ ހުރިހާ މުވައްޒަފުން ފުރިހަމަކުރަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

އެޑިއުކޭޝަނުން ބުނީ، ވެކްސިން ޖަހަން ބޭނުންވާ ސްކޫލްތަކުގެ މުވައްޒަފުންނަށް ފަސޭހަކޮށްދިނުމުގެގޮތުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއެކު މަޝްވަރާކޮށްފައިވާއިރު، ވެކްސިން ނުޖެހޭ މުވައްޒަފުން ސަބަބު ބަޔާންކޮށް އެޗްޕީއޭގެ ލިޔުމެއް ހުށަހެޅުމަށްވެސް އެޑިއުކޭޝަނުގެ އެންގުމުގައި ވެއެވެ.

ADVERTISEMENT

ރާއްޖޭގައި ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ފެށީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ. ސަރުކާރުގެ އަމާޒަކީ އަންނަ މަހު ފަށާ ވެކްސިން ދިނުމުގެ ޕްރޮގުރާމުގެ ތެރެއިން  ރާއްޖޭގައި ވެކްސިންދޭ އުމުރުގެ %90 އިން ސައްތަ މީހުންނަށް ވެކްސިންދިނުމެވެ.