ރައީސް އަނެއްކާވެސް ރާއްޖެއިން ބޭރަށް!

Tue, 27 Jul 2021 12:24 PM

View on this article on Zaviyani.mv

ރައީސް އަނެއްކާވެސް ރާއްޖެއިން ބޭރަށް!
ADVERTISEMENT

ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހް ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ދުބާއީ އަށް ފުރާވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.

މަބްރޫކް މިއަދު މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، މިއަދުން ފެށިގެން، މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާގެ ނުރަސްމީ ދަތުރުފުޅެއް ދުބާއީ އަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ.

ރައީސް ސާލިހު މިއަދު ދުބާއީއަށް ވަޑައިގަންނަވާކަން މަބްރޫކް ހާމަ ކުރައްވާފައިވާއިރު، މިދިޔަ އީދު ޗުއްޓީއާއި ދިމާކޮށް ރައީސް ވަނީ އަނބިކަނބަލުން ފަޒްނާ އަހްމަދާއެކު، ސްރީ ލަންކާއަށް ދަތުރުފުޅެއް ކުރައްވާފަ އެވެ.