ފޮރިން މިނިސްޓަރ ޝާހިދު ބަލްގޭރިއާއަށް!

Tue, 27 Jul 2021 01:02 PM

View on this article on Zaviyani.mv

ފޮރިން މިނިސްޓަރ ޝާހިދު ބަލްގޭރިއާއަށް!
ADVERTISEMENT
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބަލްގޭރިއާއަށް ވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ، މިނިސްޓަރ ޝާހިދު ބަލްގޭރިއާއަށް ކުރައްވާ ދަތުރުފުޅަކީ، އދ ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ އިންތިގާލީ ރައީސްގެ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މިއަދުން ފެށިގެން މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ މިދަތުރުފުޅުގައި، ބަލްގޭރިއާގެ ފޮރިން މިނިސްޓަރ ސެވްތުލާން ރިސްޓޯފްއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، ދެގައުމުގެ ގުޅުމުގެ ތެރެއިން އެކި ދާއިރާތަކުން ހުރި ފުރުސަތުތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރުގެ އިތުރުން ބަލްގޭރިއާ ސަރުކާރުގެ އިސް މަސްއޫލުވެރިންނާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މިނިސްޓަރގެ މި ދަތުރުފުޅުގައި ރާއްޖެއިން އިނގިރޭސިވިލާތައް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރްހަނާޒް ފައިސަލް އާއި އެ ކޮމިޝަންގެ ތަރޑް ސެކްރެޓަރީ މަރިޔަމް އަފްނާން ބައިވެރިވަޑައިގަންނަވަ އެވެ.
ބަލްގޭރިއާއަށް ވަޑައިގަތުމުގެ ކުރިން، މިނިސްޓަރ ޝާހިދު ވަނީ އަވަށްޓެރި އިންޑިއާއަށްވެސް ދަތުރުފުޅެއް ކުރައްވާފަ އެވެ. މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފަ އެވެ.