ޗަމްޕާ ހޯލްޑިންގްސްގެ ކޮޅުވެެއްޓިއެއް ބަންޑުން ޖަހާލައިފި

Mon, 20 Sep 2021 10:37 AM

View on this article on Zaviyani.mv

ޗަމްޕާ ހޯލްޑިންގްސްގެ ކޮޅުވެެއްޓިއެއް ބަންޑުން ޖަހާލައިފި

ސިމެންތި ބަރުކޮށްގެން ދަތުރު ކުރި ކޮޅުވެެއްޓިއެއް ބަންޑުން ޖަހާލައިފި އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން ބުނީ، ސިމެންތި ބަރުކޮށްގެން ކ.މާލެ އިން ފުރައިގެން ޅ. މާބިންހުރައަށް ދަތުރު ކުރި ޗަމްޕާ ހޯލްޑިންގްސްގެ ކޮޅުވެެއްޓިއެއް ބަންޑުން ޖަހާލިކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ ރޭ ދަންވަރު 02:45 ހާއިރުކަމަށެވެ. އަދި، ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުން އެ ސަަރަހައްދަށް ގޮސް ހަރަކާތްތެރިވެފައި ވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ، ކޮޅުވެއްޓި ބަންޑުން ޖަހާލައިފައިވަނީ ޅ.މާފިލާފުށި ކައިރިންކަމަށާއި، މިއަދު ހެނދުނު 06:51 ހާއިރު އެ ކޮޅުވެއްޓި އެއްކޮށް އަޑިއަށް ގޮސްފައި ވާކަމަށެވެ.

ADVERTISEMENT

35 ފޫޓުގެ މި ކޮޅުވެއްޓި ބަންޑުން ޖަހާލީ މާލެއިން ފުރައިގެން، ޅ. މާބިންހުރާއަށް 2 ކޮންޓެއިނާ ސިމެންތި ބަރުކޮށްގެން ދަތުރުކުރަމުން ދަނިކޮށްނެވެ. ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އޭގައި ބަންގްލަދޭޝްގެ 3 ފަޅުވެރިންނާ ދިވެއްސަކު ތިއްބެވެ.

މި ހާދިސާގައި ކޮޅުވެއްޓީގައި ދަތުރު ކުރި އެއްވެސް ފަޅުވެރިއަކަށް އަނިޔާވެފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.