އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު 2021 ގެ ވޯޓުލާ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި

Sun, 19 Sep 2021 12:13 PM

View on this article on Zaviyani.mv

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު 2021 ގެ ވޯޓުލާ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު 2021 ގެ ވޯޓުލާ މީހުންގެ ދާއިމީ ލިސްޓު އިއުލާނުކޮށްފި އެވެ.

މިކަމާގުޅޭގޮތުން އެޕާޓީގެ ސެކްރެޓްރިއޭޓުން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެ ޕާޓީން މިމަހުގެ 11 ވަނަ ދުވަހު އާންމުކުރި އެޕާޓީގެ ދާއިރާތަކުގެ އިންތިޚާބު 2021 ގެ ވޯޓުލާ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ހުށަހަޅާފައިވާ ޝަކުވާތަކާއި އިންތިޚާބާ ބެހޭ ކޮމިޓީއަށް ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް ރިއާޔަތްކުރުމަށްފަހު ދާއިރާތަކުގެ އިންތިޚާބު 2021 ގެ ވޯޓުލާ މީހުންގެ ދާއިމީ ލިސްޓު މިހާރު އިއުލާނުކޮށްފައި ވާކަމަށެވެ.

އެމްޑީޕީން ބުނީ ވޯޓުލާ މީހުންގެ ދާއިމީ ލިސްޓް ފައިނަލްކުރުމުގައި މައިގަނޑު 3 ކެޓެގެރީއެއްގެ މީހުންގެ ޝަކުވާއަށް ރިއާޔަތްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އެއީ؛
(ހ)- ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި ބައެއް ފަރާތްތަކުގެ ނަން އުނިވެފައިވާ ކެޓެގެރީ
(ށ)- ޕާޓީގެ މެންބަރުން ނޫން އެހެން ފަރާތްތައް މެންބަރުންގެ ގޮތުގައި ތިބި ކަމަށް ބުނާ ކެޓެގެރީ
(ނ)- އެހެން ސިޔާސީ ޕާޓީއެއްގައި ނަން އޮވެގެން ނަން އުނިކުރެވިފައިވާ ފަރާތްތަކުގެ ކެޓެގެރީ

ADVERTISEMENT

އެމްޑީޕީިން ބުނީ، ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި ބައެއް ފަރާތްތަކުގެ ނަން އުނިވެފައިވާ ކެޓެގެރީ އާއި، ޕާޓީގެ މެންބަރުން ނޫން އެހެން ފަރާތްތައް މެންބަރުންގެ ގޮތުގައި ތިބި ކަމަށް ބުނާ ކެޓެގެރީގައި ހިމެނޭ ފަރާތްތަކާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ޝަކުވާތަކުގައި އިންތިޚާބާބެހޭ ކޮމިޓީން ބަލާފައިވަނީ، އެފަރާތްތައް ޕާޓީއަށް ފޯމު ހުށަހެޅުމުން ޕާޓީއަށް ފޯމު ބަލައިގަތުމަށްފަހު އެފަރާތަކަށް ދޫކުރާ ރަސީދު ޝަކުވާ ހުށަހެޅުމުގެ މުއްދަތުގައި ޕާޓީއަށް ހުށަހެޅުމުން އެފަރާތެއްގެ ޝަކުވާއަކީ ސައްހަ ޝަކުވާއެއްކަމުގައި ބެލުމުގެ އުސޫލުންކަމަށެވެ. އެހެންކަމުން، ވޯޓުލާ މީހުންގެ ލިސްޓުގައި މިހާރު އެގޮތަށް އަމަލުކޮށްފައިވާ ފަރާތްތައް ހިމަނާފައިވާކަމަށް އެމްޑީޕީގެ އިއުލާނުގައި ބުނެފައި ވެއެވެ.

އަދި، އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ނަން އޮވެގެން ނަން އުނިކުރި ފަރާތްތައް، އެހެން ޕާޓީއެއްގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވަނީ ކޮން ތާރީޚެއްގައިކަން އިލެކްޝަންސް ކޮމިޝަނުން ޗެކްކުރުމަށްފަހު، އެތާރީޚަކީ މި އިންތިޚާބުގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ މެންބަރުންގެ ދަފްތަރުގައި ނަން ހިމެނުމަށް އޮތް އެންމެ ފަހު ތާރީޚުކަމުގައިވާ 24 އޭޕްރީލް 2021 ގެ ކުރީގެ ތާރީޚެއް ނަމަ، އެފަރާތެއްގެ ނަން ވޯޓުލާ މީހުންގެ ދާއިމީ ލިސްޓުގައި މިހާރު ހިމަނާފައިވާނެކަމަށް އެމްޑީޕީން ބުނެފައި ވެއެވެ.