ބިދޭސީއެއްގެ އަތުން ފޯނެއް ފޭރުނު މައްސަލައިގައި 2 މީހަކު ހައްޔަރުކޮށްފި

Fri, 26 Jul 2024 08:51 PM

View on this article on vNews

މާލޭ މަގުމަތިން ހިނގާފައި ދިޔަ ބިދޭސީއެއްގެ އަތުން ފޯނެއް ފޭރުނު މައްސަލައިގައި ދެ މީހަކު ބަންދުކޮށްފިއެވެ.



މިކަމާ ގުޅިގެން ފުލުހުން މީޑީއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މިއަދު މެންދުރު 12:38 ހާއިރު ހ. އެއްގަމުގެ ކައިރިން ހިނގާފައި ދިޔަ ބިދޭސީއެއްގެ އަތުގައި އޮތް ފޯނެއް ފޭރުނީ ސައިކަލުގައި ދިޔަ ދެ މީހުން ކަމަށެވެ.

މި މައްސަލާގައި ފޭރުނު ފޯނު މިހާރު ހޯދިފައި ވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 32 އަހަރާއި 36 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.



More from vNews