ވިލާ ކޮލެޖުގެ މޭ އިންޓޭކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްދީފި

Thu, 02 May 2024 04:16 PM

View on this article on vNews

ވިލާ ކޮލެޖުގެ މޭ އިންޓޭކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްދީފި

މި މަހު ވިލާ ކޮލެޖުން ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.



މެއި އިންޓޭކުގައި ވިލާ ކޮލެޖުން ފަށާ ކޯސްތަކުގެ ތެރޭގައި ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓާސް ޑިގްރީގެ ކޯސްތައް ހިމެނެއެވެ. މި ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

ވިލާ ކޮލެޖުން މެއި އިންޓޭކުގައި އެކި ދާއިރާތަކުން އޮންލައިން އަދި ފޭސް ޓު ފޭސް ކޮށް ކިޔެވުމަށް، ޖުމްލަ 150 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން މާސްޓަރސް ފެންވަރުގެ 21 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އަދި ޕޯސްޓު ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް ފެންވަރުގެ 26 ކޯހަކާއި، ޑިގްރީ ފެންވަރުގެ 45 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 50 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 17 ކޯހަކާއި އަދި ސެޓްފިކެޓް 3 ފެންވަރުގެ 17 ކޯހަކާއި ސެޓްފިކެޓް ލެވެލް 2 ގެ 1 ކޯސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މީގެތެރޭގައި ބޭރުގެ ބޮޑެތި ޔުނިވާސިޓީތައްކަމަށްވާ އިގިރޭސިވިލާތުގެ ދި ޔުނިވާސިޓީ އޮފް ދި ވެސްޓް އޮފް އިންގްލެޑް އަދި މެލޭޝިޔާގެ ޓޭލާސް ޔުނިވާސިޓީ އާއި ގުޅިގެން ކުރިއަށް ގެންދާ ކޯސްތަކުގެ އިތުރުން ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި ޕްރޮފެޝަނަލް ޕްރޮގްރާމުތައް ހިމެނެ އެވެ. އޭގެ ތެރޭގައި މުޅިން އަލަށް އެ ކޮލެޖް އިން ތަޢާރަފް ކުރި ވިލާ ކޮލެޖްގެ އަމިއްލަ ކޯސްތަކެއް ކަމުގައިވާ ސެޓްފިކެޓް 3 ކަލިނަރީ އާޓްސް، ބެޗްލަރ އޮފް ސިވިލް އިންޖިނިއަރިންގ (އޮނަރސް)، މާސްޓަރ އޮފް އިންޖިނިއަރިންގ (އިލެކްޓްރިކަލް)، މާސްޓަރ އޮފް އިންޖިނިއަރިންގ (މެކޭނިކަލް)، މާސްޓަރ އޮފް އިންޖިނިއަރިންގ (މެކަޓްރޮނިކްސް)، މާސްޓަރ އޮފް އިންޖިނިއަރިންގ (ކޮމްޕިއުޓިންގ) އަދި ޔުނިވާސިޓީ އޮފް ސައިބަރޖަޔާއާ ގުޅިގެން ވިލާ ކޮލެޖުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މާސްޓާސް އިން ކްލިނިކަލް ސައިކޮލޮޖީ ޕްރޮގްރާމް ހިމެވެއެވެ.

މޭ އިންޓޭކުގައި ހުޅުވާލި ކޯސްތަކުގެ ތެރޭގައި އޮންލައިން އަދި ފޭސް ޓު ފޭސް ކޮށް ކިޔެވޭ ކޯސްތައް ހިމެނެއެވެ. ފޭސް ޓު ފޭސް ކޮށް ކިޔެވޭ ކޯސްތައް ވިލާ ކޮލެޖްގެ މައި ކެމްޕަސް ކަމައްވާ މާލޭގައި ހުންނަ ކިޔުއައި ކެމްޕަހުގެ އިތުރުން ވިލާ ކޮލެޖް ނައިފަރު ކެމްޕަސް، ވިލާ ކޮލެޖް ގަން ކެމްޕަސް، ވިލާ ކޮލެޖް މަހިބަދޫ ކެމްޕަސް، ވިލާ ކޮލެޖް ހިތަދޫ ކެމްޕަސް އަދި ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގައި ވެސް ކުރިއަށް ދާނެ އެވެ.

ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށް އެ ކޮލެޖުން ވަނީ މަހުން މަހަށް އިންސްޓޯލްމެންޓަށް ފީ ދެއްކޭނެ އިންތިޒާމު ވެސް ހަމަޖައްސައިފަ އެވެ. މީގެ އިތުރުން ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ޑިގްރީ ޕްރޮގްރާމްތަކަށް ކިޔެވޭނެ އެވެ.

މޭ މަހު ފަށާ އިންޓޭކުގެ ކިޔެވުން ފަށާނީ މި މަހުގެ ތިން ވަނަ ހަފްތާގައެވެ.



More from vNews