އަތޮޅު ދުވުން: އެންމެ މޮޅު ތިން ފަރާތަކަށް އަގުހުރި އިނާމުތަކެއް

Thu, 02 May 2024 03:53 PM

View on this article on vNews

އަތޮޅު ދުވުން: އެންމެ މޮޅު ތިން ފަރާތަކަށް އަގުހުރި އިނާމުތަކެއް

މެއި މަހު އުރީދޫގެ އަތޮޅު ދުވުން ގޭމް ކުޅެގެން ލީޑަރބޯޑުގެ މޮޅު ތިން ކުޅުންތެރިންނަށް އަގުހުރި އިނާމުތަކެއް ކަނޑައަޅައިފިއެވެ.



"އަތޮޅު ދުވުން" ގޭމަކީ، ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ރާއްޖޭގައި ތައްޔާރުކުރެވިފައިވާ ފުރަތަމަ އެންޑްލަސް ރަނަރ ގޭމެވެ. އުރީދޫ މޯލްޑިވްސްގެ އެންމެ ފުރަތަމަ އިސްތިހާރު ކަމަށްވާ، "ހަސަނަށް ފޯނެއް"ގެ ދަތުރުގައި މިފަހަރު ރާއީ ދުވެފައި ދަނީ ރާއްޖޭގެ އުތުރުން ދެކުނަށެވެ. ކޮންމެ މަހަކު ރާއްޖޭގެ އެއް ރަށަށް ނުވަތަ ލެވަލެއް އަންލޮކް ވެގެން ދާނެއެވެ.

ގޭމްގެ މާރިޗު އަޕްޑޭޓް މިހާރު ލިބެން ފަށާނެކަމަށް އުރީދޫން މައުލޫމާތު ދެއެވެ. އެޕަލް އެޕްސްޓޯރ އަދި ގޫގުލް ޕްލޭސްޓޯރ އިން ވެސް "އަތޮޅު ދުވުން" ޑައުންލޯޑު ކުރެވޭނެއެވެ.

މި މޭ މަހު އުރީދޫ އަތޮޅު ދުވުން ގޭމުގައި ފެނިގެން ދާނީ ރާއްޖޭގެ ވެރިކަންކުރާ ރަށް، މާލެ އެވެ. ރާއީ މެދުވެރިކޮށް އުރީދޫގެ ކަސްޓަމަރުން މޭ މަހުގައި މާލޭގައި ދުވެގެން ލީޑާރބޯޑުގެ 1، 2، އަދި 3 ވަނައަށް ދާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއ ވަނީ ހުށައަޅާފައެވެ. އެގޮތުން އެއްވަނައަށް ދާ ފަރާތަށް އުރީދޫގެ ފަރާތުން ޕްލޭސްޓޭޝަން 5 ލިބިގެންދާނެއެވެ. ދެވަނައަށް ދާފަރާތަށް ސޮއްޓި ބިޒްގެ ފަރާތުން ގޯޕްރޯ ހީރޯ ބްލެކް މިނީ 11 ވަނީ ހުށައަޅާފައެވެ. އަދި ތިންވަނައަށް ދާ ފަރާތަށް ރެޑްވޭވްގެ ފަރާތުން 55' ގެ ސްމާޓް ޓީވީ އެއް ވަނީ ހުށައަޅާފައެވެ.

"އަތޮޅު ދުވުން" ގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެއެވެ. އަންލޮކް ވެގެންދާ ލެވެލް ކުޅެވޭނީ ހަމައެކަނި އެމަހަކުއެވެ. އުރީދޫގެ 2024ގެ ކަލަންޑަރުގައި ސިއްރު އާޓްވޯކް ހިމެނިފައިވާއިރު، މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަތޮޅު ދުވުން ގޭމަކީ ރާއްޖޭގައި އުފައްދާފައިވާ ފުރަތަމަ ކެސުއަލް ރަނަރ ގޭމެވެ.



More from vNews