މިހާރަށްވުރެ ފުރިހަމައަށް ކުޑަގިރި ތަރައްގީކުރަނީ

Thu, 02 May 2024 12:09 PM

View on this article on vNews

މިހާރަށްވުރެ ފުރިހަމައަށް ކުޑަގިރި ތަރައްގީކުރަނީ

މާލެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކުން ދަތުރުދިޔުމަށް ހާއްސަކޮށްގެން މިިދިޔަ ސަރުކާރުން ތަރައްގީކުރި ކުޑަގިރި މިހާރަށްވުރެ ފުރިހަމައަށް ތަރައްގީކުރާނެކަމަށް ސަރުކާރުން ބުނެފިއެވެ.



ރައީސް އޮފީހުގެ ޗީފް ސްޕޯކްސް ޕަރސަން ހީނާ ވަލީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޑަގިރި އަބަދުވެސް އޮންނާނީ މާލޭގެ ރައްޔިތުންނަށް ހާއްސަ ތަނެއްގެ ގޮތުގައިކަމަށެވެ. އެރަށުގައި މިހާރު ހުރި ވަސީލަތްތައް މަދުކަމާއި ހުރި ދަތިތަކާ ގުޅިގެން ޝަކުވާތަކަށް ލިބެމުންދާކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކުޑަގިރި މިހާރަށްވުރެ ފުރިހަމައަށް ރައްޔިތުންނަށް ހިދުމަތް ލިބޭގޮތަށް ސަރުކާރުން ތަރައްގީކުރާނެކަމަށެވެ.

މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރުދިއުމަށް ރަށެއް ތަރައްގީކޮށްދެއްވުމަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު 2018 ވަނަ އަހަރު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅެކެވެ. މި ވައުދުފުޅާއި އެއްގޮތައް މާލެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށް ދަތުރު ދިޔުމަށް ސަރުކާރުން މާލެ ކައިރިން ރަށެއް ކަނޑައެޅީ 2019 ވަނަ އަހަރުއެވެ. އަދި ރަށް ތަރައްގީކުރުމުގެ މަސައްކަތް ފެށީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މި ރަށް އާންމުންނަށް ހުޅުވާލީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުގައެެވެ.

ކުޑަގިރިއަކީ އާންމުންނަށް ބޭނުންވާނެ އަސާސީ ކަންކަމުގެ އިތުރުން އެހެނިހެން ވަސީލަތްތައްވެސް ލިބިގެންދާނެގޮތައް ފަރުމާކޮށްފައިވާ ރަށެކެވެ. މާލެއިންނާއި ހުޅުމާލެއިން ފުރައިގެން ކުޑަގިރިއަށް ދިއުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާއިރު، 15 މިނެޓުން ކުޑަގިރިއަށް ދެވޭނެއެވެ.

ކުޑަގިރީގައި ތަފާތު އެކި ކަންކަން ކުރެވޭނެއެވެ. އެގިތުން ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް އެތަނުގައި ކައިވެނީގެ ހަފްލާތަކާއި، އުފަންދުވަސް ފާހަގަކުރުމަށް ބާއްވާ ޕާޓީތަކާއި އެކިކަހަލަ އެއްވުންތަކުގެ އިތުރުން ކޯޕަރޭޓް އިވެންޓްތައް ބޭއްވުމަށްވެސް ފުރުސަތު ދެއެވެ. މީގެއިތުރުން، އެރަށުގައި ޑައިވިން އަދި ވޯޓަރސްޕޯޓްސްގެ ގިނަ ހަރަކާތްތަކުގެ އިތުރުން ޓުއަރިސްޓުންނަށްވެސް ރަށަށް ޒިޔާރާތްކުރުމުގެ ފުރުސަތު ލިބެއެވެ.

ކުޑަގިރިއަށް ޕިކްނިކް ދާ ފަރާތްތަކަށް ބޭނުންވާނެ އަސާސީ ކަންކަންވެސް އެޗްޑީސީން ވަނީ ފޯރުކޮށްދީފައެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެރަށުގެ ފެނާއި ކަރަންޓުގެ ހިދުމަތްވެސް ވަނީ ފޯރުކޮށްދީފައެެވެ.

ކުޑަގިރީގައި އާންމުން ބޭނުންކުރުމަށް ޑޭ ޔޫސް ރޫމްގެ ގޮތުގައި 12 ރޫމް ވަނީ ކަނޑައަޅާފައެވެ. އަދި އާންމުން ބޭނުންކުރުމަށް 13 ކުޑަ އަށި އަދި 4 ބޮޑު އަށިވަނީ ގާއިމުކޮށްފައެވެ.

ކުޑަގިރި ތަރައްޤީކޮށްފައިވަނީ އެއްފަހަރާ 500 ނުވަތަ 600 މީހުންނަށް ޚިދުމަތް ދެވޭނެ ފެސިލިޓީ އާއެކުއެވެ.



More from vNews