ރައީސް މުއިއްޒުގެ ތައުޒިޔާ ޔޫއޭއީގެ ރައީސަށް

Thu, 02 May 2024 11:50 AM

View on this article on vNews

ރައީސް މުއިއްޒުގެ ތައުޒިޔާ ޔޫއޭއީގެ ރައީސަށް

ޔޫއޭއީގެ ޝާހީ އާއިލާގެ އިސް ބޭފުޅެއްކަމަށްވާ ޝެއިހް ތަހްނޫން ބިން މުހައްމަދު އަލް ނަހްޔާން އަވަހަރާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޔޫއޭއީގެ ރައީސް ޝެއިހް މުހައްމަދު ބިން ޒައިދު ބިން އަލްނަހްޔާނަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.



ރައީސް މުއިއްޒު ޔޫއޭއީގެ ރައީސަށް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ޝެއިހް ތަހްނޫން އަވަހާރަވުމާއި ގުޅިގެން ކުރިމަތިވި ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ސައުދީ ޝާހީ އާއިލާއަށާއި، އެގައުމުގެ ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

ޝެއިހް ތަހްނޫން ބިން މުހައްމަދު އަލް ނަހްޔާން އަވަހާރަވީ އުމުރުފުޅުން 82 އަހަރުގައި އިއްޔެއެވެ. ޝައިހް ތަހްނޫން އަވަހާރަވުމާއި ކުރިއަށް އޮތް ހަތް ދުވަހަކީ ޤައުމީ ހިތާމައިގެ ހަތް ދުވަހުގެ ގޮތުގައި ޔޫއޭއީ ސަރުކާރުން ވަނީ ނިންމާފައެވެ.

ޝައިހް ތަހްނޫން ބިން މުހައްމަދު އަލް ނަހްޔާން

ޝައިހް ތަހްނޫން ވަނީ ޔޫއޭއީ ސަރުކާރުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައެވެ. އެގޮތުން ޝައިހް ތަހްނޫނަކީ ޔޫއޭއީގެ އިރުމަތީގައި އޮންނަ އަލްއައިން ސަރަހައްދުގައި ޔޫއޭއީގެ ރައީސްގެ ފަރާތުން ހުންނަވާ މަންދޫބެވެ.

ޝައިޚް ތަހުނޫން ވަނީ އަބޫދާބީގެ އެގްޒެކެޓިވް ކައުންސިލާއި އަބޫދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީ އަދި ސުޕްރީމް ޕެޓްރޯލިއަމް ކައުންސިލްގެ ޑެޕިއުޓީ ޗެއާމަންކަންވެސް ކުރައްވާފައެވެ.



More from vNews