6 އަހަރުގެ ނައުޝީން ލިޔެފައިވާ ވިސްޕަރސް އޮފް ވޮންޑަރ ނެރެފި

Wed, 01 May 2024 06:59 PM

View on this article on vNews

6 އަހަރުގެ ނައުޝީން ލިޔެފައިވާ ވިސްޕަރސް އޮފް ވޮންޑަރ ނެރެފި

އުމުރުން އެންމެ ހަ އަހަރުގެ ނައުޝީން ލިޔެފައިވާ، ވިސްޕަރސް އޮފް ވޮންޑަރ - ބައި ނައުޝީން ފޮތް އިފްތިތާހުކޮށްފިއެވެ.



މިފޮތުގައި ލިޔެފައިވަނީ ނައުޝީން އެކި ދުވަސްމަތިން ހަދާފައިވާ ޕޮއެމްތަކެކެވެ. މިގޮތުން ވަށައިގެންވާ މާހައުލުން ދިމާވާ ކަންތައް ފަށުވި އިބާރާތަކުން މިފޮތުގައި ހިމެނިފައިވެއެވެ.

ކުޑަކުއްޖެއްގެ ހިތަށްއަރާ އެއްޗެހި މަޖާ ގޮތަކަށް މިފޮތުގައި ހިމަނާފައިވެއެވެ. މިފޮތް ނެރެފައިވަނީ ނައުޝީންގެ 7 ވަނަ އުފަންދުވަހުއެވެ. މިފޮތަކީ ނައުޝީންގެ މަންމަ ދިމްނާ ފާކިރު (ދިމީ) އާއި ބައްޕަ އަލިމަނިކު (ދާރީ)، ނައުޝީން ކުރި މަސައްކަތް ބަލައިގަނެ އުފަންދުވަހަށް ހަދިޔާއަކަށް އެކުލަވާލި ފޮތެކެވެ.

ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލް ގްރޭޑް 1 ގައި ތަޢުލީމު ހާސިލްކުރަމުން އަންނަ ނައުޝީންއަކީ، ތުއްތުއިރުން ފެށިގެންވެސް ފޮތަށް އަހުލުވެރިވެ ލޯބި ޖެހިފައިވާ ކުއްޖެކެވެ. މީގެ އިތުރުން ނައުޝީންގެ ފޮތްކިޔުމުގެ ހުނަރު ފާހަގަކޮށް، 4 ހަހަރުގައި ނައުޝީނަށް ވަނީ ދަ ޗައިލްޑް ޕްރޮޑިޖީ އިން ޗައިލްޑް ޕްރޮޑިޖީ - އިންސްޕިރޭޝަނަލް ރީޑަރސް އެވޯޑް ވެސް ގްރާންޓް ކޮށްފައެވެ.

މިފޮތް އެލުލަވާލާފައިވަނީ ނައުޝީންގެ މަންމަ ދިމްނާ ފާކިރު (ދިމީ) ގެ އެހީތެރިކަމާއިއެކުއެވެ. އަދި ފަރުމާކޮށްފައިވަނީ ނައުޝީންގެ ދޮންބެ މުހައްމަދު އަމްދާންއެވެ. ފޮތް އެޑިޓް ކުރުމުގައި އެހީތެރިވެފައިވަނީ އިނގިރޭސި ބަހުގެ ތަޖުރިބާކާރު ޓީޗަރ މިސް ޔޫލީ އެވެ.

މިފޮތް އިފްތިތާހް ކޮށްދެއްވީ ނައުޝީންގެ ފުރަތަމަ ޕްތީސްކޫލް ޓީޗަރ، ކެންގަރޫ ކިޑްސްގެ ޕްރިންސިޕަލް އަލްފާޟިލާ އާމިނަތު ތަހުމީނާއެވެ. އަދި ހާއްޞަ މެހެމާނުންގެ ގޮތުގައި ޕީއެސްއެމްގެ އެމްޑީ، ޒީނާ ޒާހިރާއި ބިލަބޮންގްހައި ސްކޫލްގެ ޕްރިންސިޕަލް ސައުދު ﷲ ޢަލީ އާއި ސްކޫލްގެ އިސްވެރިންގެ އިތުރުން، ޕްރީސްކޫލް އަދި ގްރޭޑް 1 ގެ ޓީޗަރުންނާއި، ނައުޝީންގެ ދެފަރާތުގެ އާއިލާ އަދި ރައްޓެހިން ވަނީ ހާޒިރުވެފައެވެ.

މިހަފްލާގައި ނައުޝީން ވަނީ މި ފޮތުން ޕޮއެމްއެއް ހުށަހަޅާފައެވެ.

މި ފޮތް ވަރަށްއަވަހަށް ބުކްޝޮޕްތަކުން ލިބެހުންނާނެ ކަމަށް ނައުޝީންގެ އާއިލާއިން ބުނެއެވެ.



More from vNews