"އެމްވީ ކޯލް ގާލްސް" ޓެލެގްރާމް ޗެނަލެއް ފުލުހުންގެ ބާރުގެ ދަށަށް!

Wed, 01 May 2024 01:24 PM

View on this article on vNews

"އެމްވީ ކޯލް ގާލްސް" ޓެލެގްރާމް ޗެނަލެއް ފުލުހުންގެ ބާރުގެ ދަށަށް!

ތަފާތު ބޮޑެތި ކުށްތަކަކަށް އަރައިގަތުމަށް ހިތްވަރުދީ، އެ ކަމަށް ފުރުސަތު ފަހިކޮށްދޭ އިތުރު ޓެލެގްރާމް ޗެނަލެއް ފުލުހުންގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ.



ފުލުހުން ބުނީ "އެމްވީ ކޯލް ގާލްސް" ނަމުގައި ހިންގަމުން އައި ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާ ކަން ނުވަތަ ނޫން ކަން ފުލުހުން ބުނެފައެއް ނުވެއެވެ.

ބޮޑެތި ކުށްތަކަށް އަރައިގަތުމަށް "ޖަޒީރާ އެޑްމިން"، "ޖަޒީރާ ގާރލްސް"، "ޖަޒީރާ އެސްކޯޓް ގެލެރީ"، "ޖަޒީރާ ސްކޭމް އެލާޓް" އަދި "ޖަޒީރާ ލިންކް ޚަބަރު"ގެ ނަމުގައި މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ހިންގަމުންދިޔަ ޓެލެގްރާމް ޗެނަލްތައް ސީޒްކޮށް އެ ފަސް ޗެނަލް ހިންގިކަމުގެ ތުޙުމަތުގައި ފުލުހުން ވަނީ މިދިޔަ މާޗު މަހުވެސް ބަޔަކު ހައްޔަރުކޮށްފައެވެ.

އެ މައްސަލައިގައި ޖުމްލަ ތިން މީހަކު ވަނީ މިހާތަނަށް ހައްޔަރުކޮށްފައެވެ.

އެ މައްސަލާގައި ހައްޔަރު ކުރި މީހުންގެ މައްޗަށް މަނީލޯންޑަރިން އާއި ޑްރަގް ޓްރެފިކިން އާއި ހަށިވިއްކުމާއި ހަށިވިއްކުމަށް ހިތްވަރު ދިނުމާއި އޮރިޔާން ކާޑު އުފެއްދުމާއި އޮރިޔާން ކާޑު ބެހުމުގެ ކުށަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުނެފައިވެއެވެ. މީގެއިތުރުން މި މީހުންގެ މާލީ މުއާމަލާތުތަކަށް ބަލާއިރު، އެމީހުން ކުރާ މަސައްކަތާ ނުބައްދަލު ގިނަ އަދަދެއްގެ މާލީ މުއާމަލާތުތަކެއް ކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.



More from vNews