މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމުގައި އެމްޑީޕީ ދެމިއޮންނާނެ: ސޯލިހު

Wed, 01 May 2024 01:00 PM

View on this article on vNews

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމުގައި އެމްޑީޕީ ދެމިއޮންނާނެ: ސޯލިހު

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމުގައި އެމްޑީޕީ ދެމިއޮންނާނެކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.



މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ރައީސް ސޯލިހު ކުރެއްބި ޕޯސްޓެއްގައި ވަނީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ އަދި މަރުހަބާ ދިވެހި ހުރިހާ މަސައްކަތްތެރިންނަށް ފޮނުއްވާފައެވެ.

ރައީސް ސޯލިހުގެ ޕޯސްޓުގައި ވިދާޅުވީ، މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް އެމްޑީޕީން ކޮށްފައި ވަނީ ފަހުރުވެރި މަސައްކަތެއް ކަމަށެވެ. އެގޮތުން މަސައްކަތްތެރިންގެ ހައްގު ރައްކާތެރިކުރުމާއި އެންމެ ކުޑަ އުޖޫރަ ތައާރަފްކުރުން ފަދަ މުހިންމު ސިޔާސަތުތަކަށް އެ ޕާޓީން ވަކާލާތުކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް އެމްޑީޕީ ދެމިއޮންނާނެކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމުގައި އެމްޑީޕީ ދެމިއޮންނާނެކަމަށް ރައީސް ސޯލިހު ވިދާޅުވިއިރު، އެމަނިކުފާނުގެ ވެރިކަމުގައި މަސައްކަތްތެރިންނާ ގުޅޭ މުހިންމު ގާނޫނުތަކެއް ވުޖޫދު ކުރެއްވިއެވެ. އެގޮތުން މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަކޮށް ދޭން ޖެހޭ އުޖޫރަ ކަނޑައެޅުމާއި, 10 އިންސައްތަ ސާވިސް ޗާޖު ނެގުން ލާޒިމު ކުރުންވެސް ހިމެނިއެެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހާގަކުރާ މަސައްކަތްތެރިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ މޭ މަހު އެއް ވަނަ ދުވަހެވެ.



More from vNews