އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ސަވިސް ޗާޓަރޫ އިފްތިތާޙުކޮށްފި

Tue, 30 Apr 2024 08:52 PM

View on this article on vNews

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ސަވިސް ޗާޓަރޫ އިފްތިތާޙުކޮށްފި

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ސާވިސް ޗާޓަރު އިފްތިތާހުކޮށްފިއެވެ.



އެ ކޮމިޝަނުން ބުނީ ކޮމިޝަންގެ ސާވިސް ޗާތަރު އިފްތިތާހު ކުރީ އޭސީސީން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ބޭނުންވާ ފެންވަރުގައި ފޯރުކޮށްދެވޭ، ހިތްހަމަޖެހޭ ޚިދުމަތްތަކެއް ދެވޭ މުއައްސަސާއަކަށް ހެދުމުގެ މަގުސަދުގައި ކަމަށެވެ.

ސާވިސް ޗާޓަރު އިފްތިތާހް ކުރުމާއެކު ކޮމިޝަނުން ދޭ ޚިދުމަތްތަކާއި އެ ޚިދުމަތްތައް ހޯދޭނެ ގޮތްތަކާއި، ޚިދުމަތް ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާ ވަގުތުތައް މިހާރު ކޮމިޝަންގެ ވެބްސައިޓުން ފެންނާނެއެވެ.

އޭސީސީން ބުނީ އެ ކޮމިޝަނުގެ އަމާޒަކީ އާންމު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ އެކަށީގެންވާ އަވަސްމިނުގައި ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދެވޭ ޚިދުމަތްތަކަށް ހެދުން ކަމަށެވެ. އަދި ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ޚިދުމަތްތައް ވީހާވެސް ފަސޭހައި ރައްޔިތުންނަށް ލިބޭނެ ގޮތް އިންތިޒާމް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.



More from vNews