ސުޕަ މެޖޯރިޓީ ލިބުނަސް އެއްވެސް ބަޔަކަށް ބިރެއް ނުދައްކާނަން: ސަލީމް

Tue, 23 Apr 2024 12:55 PM

View on this article on vNews

ސުޕަ މެޖޯރިޓީ ލިބުނަސް އެއްވެސް ބަޔަކަށް ބިރެއް ނުދައްކާނަން: ސަލީމް

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ލިބިފައިވީ ނަމަވެސް މަޖަމިލީހުގައި ބާރުގެ ބޭނުންކޮށްގެން އެއްވެސް ބަޔަކަށް ބިރުނުދައްކާނެމަށް އޭދަފުށި ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް މިއަދު ވިދާޅުވެއްޖެއެވެ.



ހަތަރު ވަނަ ދައުރަކަށް އޭދަފުށީ ދާއިރާގެ ގޮނޑިއަށް އިންތިހާބުވެފައިވާ ސަލީމް މިހެން ވިދާޅުވީ، މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަދައްވަމުންނެވެ.

މެމްބަރު ސަލީމް ވިދާޅުވީ، އާރާއި ބާރާއި ނުފޫޒަކީ އަބަދު އެއްބައެއްގެ އަތުގަ އޮންނާނެ އެއްޗެއް ނޫންކަމަށާއި، އެއީ ހާލަތު ބަދަލުވުމުން ބަދަލުވާ އެއްޗެއްކަމަށެވެ. އަދި އާރާއި ބާރުގެ ބޭނުންކޮށްގެން ނަފްސާނީ ގޮތުން ގެއްލުން ދިނުމުގެ ނަތީޖާ ރަނގަޅު ނުވާނެކަމަށް ސަލީމް ވިދާޅުވިއެވެ. ސަމީލް ވިދާޅުވީ، އެމްޑީޕީގެ މެޖޯރިޓީއާއެކު ފެންނަ މަންޒަރަކީ އާރާއި ބާރު ލިބުމުން ނިކަމެތިންނަށް ފުރައްސާރަކޮށް، ނަފްސާނީ ގޮތުން ބަލިކަށިކޮށްލާ މަންޒަރު ކަމަށާއި ހިނގަމުންދާ 19 ވަނަ މަޖިލީހުގައިވެސް އެކަން ފެނުނު ކަމަށެވެ.

އެހެންނަމަވެސް ޕީއެންސީއަށް ލިބުނު ސުޕަ މެޖޯރިޓީއާއެކު އެކަން ބަދަލުވާނެކަމަށް ސަމީލް ވިދާޅުވިއެވެ. އެގޮތުން އެއްވެސް ބަޔަކަށް ބިރުނުދައްކާނެކަމަށާއި، ނަފުސާނީ ގޮތުން ގެއްލުންދީ ނުހަދާނެކަމަށް ސަލީމް ވިދާޅުވިއެވެ. އަދި މައިނޯރިޓީއަށް އިހުތިރާމުކުރާނެކަމަށް ސަލީމް ވިދާޅުވިއެވެ.

ސުޕަ މެޖޯރިޓީއާ އެކީގައި އެއްވެސް ބަޔަކަށް ބިރުދައްކައި، އެއްވެސް ބަޔަކަށް ނަފުސާނީ ގޮތުން ގެއްލުންދީ، އަދި މިތާ އޮތް މައިނޯރިޓީއަށް އިހުތިރާމްނުކޮށް އެމީހުން ނަފުސާނީ ގޮތުން ބަލިކޮށްލާކަށް އަޅުގަނޑުމެން މަސައްކަތެއް ނުކުރާނަން
އޭދަފުށީ ދާއިރާގެ މެމްބަރު ސަލީމް

މެމްބަރު ސަލީމް ވިދާޅުވީ، ބާރުތައް މަދުބައެއްގެ އަތްމައްޗަށް ބެހިގެން ދިއުމުން، ނިކަމެތިން ނިކަމެތިވާކަމަށާއި، އޭގެ ސަބަބުން، ސިއްހީ ގޮތުންނާއި ނަފްސާނީ ގޮތުން ރައްޔިތުންނަށް ގެއްލުން ލިބިގެންދާކަމަށެވެ. އަދި ކޮންމެ ސަރުކާރެއް ވެސް ވިސްނަންޖެހޭނީ ރައްޔިތުން ނިކަމެތި ކަމުން ރަނގަޅު ހާލަތަކަށް ގެނައުމަށްކަމަށް ސަމީލް ވިދާޅުވިއެވެ.

ނިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީން 66 ގޮނޑި ކާމިޔާބުކުރިއެވެ. އަދި އެޕާޓީގެ ތާއީދާ އެކު ހޮވުނު މެމްބަރުންނާ އެކު ޖުމްލަ 70 ގޮނޑި ސަރުކާރަށް ކާމިޔާބުކުރެވިފައިވެއެވެ. އިދިކޮޅު އެމްޑީޕީއަށް ލިބުނީ 12 ގޮނޑި އެވެ



More from vNews