އެމްޑީޕީގެ ލީޑަރޝިޕް އެއްކޮށް އިސްތިއުފާދޭންޖެހޭ: ބޮންޑޭ

Tue, 23 Apr 2024 12:33 PM

View on this article on vNews

އެމްޑީޕީގެ ލީޑަރޝިޕް އެއްކޮށް އިސްތިއުފާދޭންޖެހޭ: ބޮންޑޭ

އެމްޑީޕީގެ ލީޑަރޝިޕްގައި ތިއްބެވި ހުރިހާ ބޭފުޅުން އިސްތިއުފާ ދެއްވަންޖެހޭކަމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.



ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު އިބްރާހީމް ރަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޜީއެއް ސަރުކާރަށް ލިބުނީ އެމްޑީޕީގެ އިސްފަރާތްތަކުން އެބޭފުޅުންގެ ބާރުތަކަށް ދަހިވެތިވީމަކަމަށެވެ. ކެމްޕޭނުގެ އެންމެ ފަހު ވަގުތު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ރައީސް ޑރ މުހައްމަދު މުއިއްޒު އަޒުލުކުރަން ގޮވާލިކަން ފާހަގަކުރައްވާ ބޮންޑޭ ވިދާޅުވީ، ރައްޔިތުންގެ ވިސްނުން ބަދަލުވީ އެހިސާބުންކަމަށެވެ. އިންތިހާބުގައި ރައްޔިތުން ހެދީ ރައީސް އަޒުލުނުކުރެވޭނެ ގޮތެއްކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ދެން ނުކުރެވެނެ އަޒުލެއް. ރައްޔިތުންގެ މަޖިލިސް އަޅުގަނޑުމެން ހިންގާ ގޮތާއި، ޕީއެންސީން ހިންގާގޮތާއި ތަފާތުވެސް ވާނެ. އެހެންނަމަވެސް އަޅުގަނޑަށް ޔަގީން މިހާރު ހުރި ގޯތިތައް ހަވާލުކުރާނެކަން. އަދި ރައީސް ނަޝީދު ހިންގެވި ވެށިފަހި މާލޭ ޕްރޮގްރާމްތައް ކުރިޔަށްގެންދަނެކަން އަޅުގަނޑަށް ކަށަވަރު މި ސަރުކާރުން. ސަރުކާރެއް ވައްޓައެއް ނުލެވޭނެ. އަޒުލެއްވެސް ނުކުރެވޭނެ.
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)

ބޮންޑޭ ވިދާޅުވީ، އެމްޑީޕީގެ ލީޑާޝިޕް ބަދަލުކޮށްގެން ނޫނީ ރާއްޖެގައި ސިޔާސީ ކަންކަމާއިގެން ކުރިއަށް ދެވޭނެ މަގެއް ނެތްކަމަށެވެ. އެހެންކަމުން މިހާރު އެމްޑީޕީ ލީޑާޝިޕްގައި ތިބި ހުރިހާ ފަރާތްތަކުން އިސްތިއުފާ ދޭންޖެހޭކަމަށާއި ދުޅަހެޔޮކަމެއް ފުރަތަމަ އަންނަންޖެހެނީ ތިމާމެންގެ ސިކުނޑިއަށާއި ބުއްދިއަށްކަމަށް ބޮންޑޭ ވިދާޅުވިއެވެ.

އެމްޑީޕީގެ ލީޑާޝިޕް ބަދަލުކޮށްގެން ނޫނީ ރާއްޖެއަކަށް ނެތް ސިޔާސީ ކަންކަމާއިގެން ކުރިއަށް ދެވޭނެ މަގެއް. ފުރަތަމަ ބަދަލުވާންނީ އެމްޑީޕީ ލީޑާ ޝިޕް. މިހާރު އެމްޑީޕީ ލީޑާޝިޕްގައި ތިބި ހުރިހާ ފަރާތްތަކުން އިސްތިއުފާ ދޭންޖެހޭ. ޕާޓީއެކޭ ކިޔައިންގެން ގޭންގެއް އޮޕަރޭޓްކުރާގިތަށް އޮޕަރޭޓްކުރީމަ ވީގޮތްމީ އިއްޒަތްތެރި ރައީސް. ދުޅަހެޔޮކަމެއް އަންނަންޖެހެނީ ތިމާމެންގެ ސިކުނޑިއަށް، ތިމާމެންގެ ބުއްދިއަށް
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)

ބޮންޑޭ އިތުރަށް ވިދާޅުވީ، ކުރީ ސަރުކާރުން ރައޔްިތުންނަށް އަނިޔާވެރިވި ގޮތަށް މި ސަރުކާރުން އަނިޔާވެރި ނުވާނެކަން ޔަގީންވާކަމަށެވެ.



More from vNews