ބައްޕާފުޅު އަޅެ ހިސާބަށް މޮޅެއް ނޫންތޯ؟: ވަޒީރު ފައިސަލް

Mon, 22 Apr 2024 11:02 PM

View on this article on vNews

ބައްޕާފުޅު އަޅެ ހިސާބަށް މޮޅެއް ނޫންތޯ؟: ވަޒީރު ފައިސަލް

ބައްޕާފުޅު އަދި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މުޝީރު އަބްދުއްރަޙީމް އަބްދުﷲ އަކީ ހިސާބަށް މޮޅު ބޭފުޅެއް ނޫންތޯ އައްސަވައި ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާޙީމް ފައިސަލް މަޖާޒީގޮތަކަށް ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރައްވައިފިއެވެ.



ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން 70 އަށްވުރެ ގިނަ ގޮނޑި ނަގާނެ ކަމުގެ ޔަގީންކަން ބޮޑުކަމަށް، ޕީއެންސީގެ ޗެއާޕާސަން އަދި މިހާރު މަޖިލީހުގެ ފޮނަދޫ ދާއިރާގެ އިންތިޚާބީ މެމްބަރު އަބުއްރަހީމް އަބްދުﷲ (އަދުރޭ) މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު ވިދާޅުވެފައިވެއެވެ.

އަބްދުއްރަޙީމް އަންދާޛާކުރެއްވި ގޮތަށް، މިފަހަރުގެ އިންތިޚާބުގައި ޕީއެންސީއަށް ލިބިފައިވާ ގޮނޑިތަކުގެ އަދަދު 70 އަށްވުރެ މައްޗެވެ.

މިކަމާ ގުޅިގެން އެކްސް ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ފައިސަލް ވަނީ، އަބްދުއްރަޙީމް އެހެން ވިދާޅުވިކަމަށް ބުނާ ޚަބަރެއްގެ ސްކްރީޝޮޓާއި، ސަރުކާރަށް 70 އަށްވުރެ ގިނަ ގޮނޑި ލިބުނުކަމަށް ބުނާ ޚަބަރެއްގެ ސްކްރީންޝޮޓް ހިއްސާކުރައްވާފައެވެ. ބައްޕާފުޅު ހިސާބަށް މޮޅުނޫންތޯ ވެސް ވަޒީރު އެއްސެވިއެވެ.

ސިޔާސީ މަސްރަހުގައި ހިސާބުޖެހުމާ ގުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވީ، ހިސާބު ޖަހަނީ ސިޔާސީ މަސްރަހު ވަރަށް ރަނގަޅަށް އެނގިގެންކަމަށާއި ތަންދޮރު ބަލާނުލައި ހިތަށް އެރި އެއްޗެއް ބުނެލަނީނޫން ކަމަށެވެ. ހއ. ތުރާކުނުން ފެށިގެން އައްޑޫއާ ހަމައަށް ނޭނގޭ އެއްވެސް ރަށެއް ރާއްޖޭގައި ނޯންނާނެކަމަށާއި އިންތިހާބުގައި 70 ގޮނޑި ނަގާނެ ކަމަށް ބުނީ އެ ރަށްރަށުގެ މީހުން ވެސް އެނގިގެންކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހަފްލާއެއްގައި ޖެއްސެވި ހިސާބަކާ ގުޅިގެން ބައެއް މީހުންގެ ފުރައްސާރައާ އެމަނިކުފާނަށް ކުރިމަތިވެވަޑައިގަތެވެ. އަދި މަޖާޒީގޮތުން އަބްދުއްރަހީމަށް "ހިސާބު ސަރ" ގެ ނަމުން ވެސް ބައެއް ފަރާތްތަކުން މުހާތަބުކުރެއެވެ. އެހެންނަމަވެސް މަޖިލިސް އިންތިޚާބާ ގުޅޭގޮތުން އަބްދުއްރަހީމް ޖެއްސެވި ހިސާބު ދިމާވުމުން، އެމަނިކުފާނަކީ ހަމަ ހަގީގަތުގައި ވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިސާބުޖެހުމުގައި، އެއަށްވުރެ ވަކި މިކަމަށް ޤާބިލް ބޭފުޅެއް ނެތް، މޮޅު ބޭފުޅެއްކަން އެނގި ހާމަވެއްޖެއެވެ.



More from vNews