އިންސާފެއްނެތް، ނޫސްވެރިންގެ އެވޯޑް ބޮއިކޮޓްކޮށްފިން: ވަގުތު ނޫސް

Thu, 08 Jun 2023 10:20 PM

View on this article on vNews

އިންސާފެއްނެތް، ނޫސްވެރިންގެ އެވޯޑް ބޮއިކޮޓްކޮށްފިން: ވަގުތު ނޫސް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ، ނޫސްވެރިކަމުގެ އިނާމު، މި އަހަރު ވަކި ބަޔަކު ބޭނުންވާގޮތަށް ދޭން ދުރާލާ މަސައްކަތްކުރަމުން އަންނަކަމަށް ތުހުމަތުކޮށް، އިންސާފުވެރިކަމެއްނެތްކަމަށް ބުނެ ވަގުތު ނޫހުން އެވޯޑު ބޮއިކޮޓް ކުރަން ނިންމައިފިއެވެ.

މިކަން ހާމަކޮށް ވަގުތު ނޫހުން ނެރުނު ބަޔާނެއްގައި ބުނީ، މި އިނާމުގެ މަސައްކަތް ކުރުމަށް ކައުންސިލުން ފާސްކުރި ކޮމިޓީން އެކަން ކުރަމުން ދަނިކޮށް، ކައުންސިލްގެ ވަކި މެމްބަރުންތަކެއް ބޭނުންވާގޮތަށް ކަންތައްތައް ނުވާތީ ކޮމިޓީގެ މެމްބަރުން ބަދަލުކޮށް، އެ ބޭފުޅުން ބޭނުންވި ވަކި ބަޔަކު ކޮމިޓީއަށް އައްޔަންކޮށްގެން، މި އެ ވޯޑަށް މީޑިއާތަކުގެ އިތުބާރު ގެއްލޭގޮތަށް ކުރަމުން އަންނަ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެހެންކަމުން މި ފަހަރުގެ އިނާމުގައި ބައިވެރިނުވާން ނިންމައި، އެވޯޑު ބޮއިކޮޓް ކުރަން ނިންމާފައިވާކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ފަހަކަށް އައިސް ނޫސްވެރިކަމުގެ އިނާމު ހަފްލާގައި އެކި ދާއިރާތަކުން ގިނަ އެވޯޑުތަކެއް ހާސިލްކޮށްފައިވާ ވަގުތު ނޫހުން، މި އަހަރުގެ ނޫސްވެރިންގެ އިނާމާމެދު ހިތްހަމަނުޖެހުން ފާޅުކޮށް ނެރުނު ބަޔާނުގައި އިތުރަށް ބުނީ، އެންމެ ފުރަތަމަ އެކުލަވައިލި ނޫސްވެރިކަމުގެ އިނާމު ކޮމިޓީން މީޑިއާތަކާ ބައްދަލުކޮށް ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލާ ގުޅޭގޮތުން މީޑިއާތަކުގެ ޚިޔާލު ވެސް ހޯދާފައިވާ ކަމަށާއި، މީޑިއާ ކައުންސިލުގެ އެދުމުގެ މަތިން "ވަގުތު"ގެ ފަރާތުން ވެސް އެ ކައުންސިލްގެ އިނާމު ކޮމިޓީއާ ބައްދަލުކޮށް އިސްލާހު ގެންނަންޖެހޭކަމަށް ފެންނަ ކަންތައްތައް އެ ކޮމިޓީއަށް ހުށަހަޅައިފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ނަމަވެސް އިނާމު ކޮމިޓީގެ މަސައްކަތް ކުރިއަށްދަނިކޮށް އެ ކޮމިޓީގެ މެމްބަރުން ކޮމިޓީން ވަކިކޮށް، ވަކި ބަޔަކު ބޭންވިގޮތަށް އެކުލަވައިލި ކޮމިޓީން ވަނީ މީޑިއާތަކުންނާއި އަދި ފަނޑިޔާރުން ވެސް ޚިޔާލުދީފައިވާ ކަންތައްތަކަށް ބެލުމެއް ނެތި ވަކި ބަޔަކު ބޭނުންވާގޮތަށް މަސައްކަތް ކުރިއަށްގެންގޮސްފައި ކަމަށް ބަޔާނުގައި ބުންޏެވެ.

މީޑިއާ ކައުންސިލުން ނޫސްވެރިކަމުގެ އިނާމު ދިނުމުގައި، ވަކި މީޑިއާތަކަކަށް ނުވަތަ ވަކި ނޫސްވެރިންތަކެއްގެ މަސްލަހަތު އިސްކުރާ ވާހަކައަކީ، ވަރަށް ގިނައިން ނޫސްވެރިން ދައްކާ ވާހަކައެކެވެ.



More from vNews