މަރުވެފައި އޮއްވާ މޫދުން ފެނުނީ ޗައިނާ ރައްޔިތެއް

Thu, 08 Jun 2023 04:58 PM

View on this article on vNews

މަރުވެފައި އޮއްވާ މޫދުން ފެނުނީ ޗައިނާ ރައްޔިތެއް

މަރުވެފައި އޮއްވާ އިއްޔެ ހުޅުމާލެ މޫދުން ފެނުނީ ޗައިނާ ރައްޔިތެއްގެ ހަށިގަނޑުކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، އިއްޔެ ހަވީރު 17:56 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 2، އެޗް 16 އާ ދިމާއިން ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާކަމަށެވެ.

ފުލުހުން މިއަދު ކުރި ޓުވީޓެއްހައި ބުނީ، އެމީހާ މިހާރު ވަނީ ދެނެގަނެވިފައިކަމަށާއި، އޭނާއަކީ ސައުދީ ބިންލާދިން ގްރޫޕުގައި ރާއްޖޭގައި މަސައްކަތްކުރާ 34 އަހަރުގެ، ޗައިނާ ރައްޔިތެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާކަމަށެވެ.

އެމީހާގެ ހަށިގަނޑު މިހާރު ވަނީ ގަލޮޅު މޯޗަރީގައެވެ.



More from vNews