އެމަރޖެންސީ ބެކަޕް ޕަވަރޕްލާންޓުގެ މަސައްކަތް ނިންމާލައިފި

Mon, 05 Jun 2023 11:21 AM

View on this article on vNews

އެމަރޖެންސީ ބެކަޕް ޕަވަރޕްލާންޓުގެ މަސައްކަތް ނިންމާލައިފި

ގްރޭޓާމާލޭގެ އެމަރޖެންސީ ބެކަޕް ޕަވަރޕްލާންޓުގެ މަސައްކަތް ނިންމާލައިފިއެވެ.

ހުޅުމާލޭ ބައު އިންޖީނުގޭގައި ގާއިމްކޮށްފައިވާ މި ބެކަޕް ޕަވަރޕްލާންޓްގެ ކެޕޭސިޓީއަކީ 20.2 މެގަވޮޓް ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.

މި ޕަވަރޕްލާންޓަކީ، މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްގެ ސީދާ ބެއްލެވުމުގެ ދަށުން، މިކުންފުނީގެ އަތޮޅުތެރޭގައި އަދި ގްރޭޓާމާލޭގެ އިންޖީނުގެތަކުގެ ތިބި، މި މަސައްކަތައް އެންމެ ގާބިލް މުވައްޒަފުން ހިމަނައިގެން އެކުލަވާލި ޓީމަކުން ކޮށްފައިވާ ބުރަ އަދި އަވަސް މަސައްކަތެއްގެ ގޮތުގައި އެ ކުންފުނިން ދެކެއެވެ.

އަދި މިއީ ސްޓެލްކޯގެ ތާރީހުގައިވެސް ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ އިންޖީނުތަކެއް އެއްފަހަރާ ކަމިޝަންކޮށް ނިންމާލެވުނު ފަހަރުކަން ފާހަގަކޮށް ސްޓެލްކޯއިން ވަނީ މި އެމަރޖެންސީ ޕަވަރޕްލާންޓާއެކު، ޖަނަރޭޝަން ކެޕޭސިޓީ އިތުރު ކުރެވި، ކެޕޭސިޓީ ނެތިގެން ނުވަތަ އޯވާލޯޑްވެގެން ކަރަންޓު ނުކެނޑޭނެ ކަމުގެ ފުރިހަމަ ޔަގީންކަންދީފައެވެ.

ގްރޭޓާމާލޭގެ ޕަވަރ ސެކިއުރިޓީ އިތުރަށް ކަށަވަރުވެ މާލޭ އާއި ހުޅުމާލޭގެ ބޮޑެތި ޖެންސެޓްތައް އޯވާރހޯލް ކުރުމަށް ނިއްވާލުމުގެ ފުރުސަތުލިބި އެ ޖަނަރޭޓަރުތަކުގެ އެފިޝިއެންސީވެސް އިތުރުކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.



More from vNews