"ވިލާ ހާޑްވެއާ"ގެ ނަމުގައި އައު ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފ

Fri, 26 May 2023 05:08 PM

View on this article on vNews

"ވިލާ ހާޑްވެއާ"ގެ ނަމުގައި އައު ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފ

ވިލާ ގްރޫޕްގެ ފަރާތުން ހުޅުމާލޭގައި ފުރަތަމަ ފަހަރަށް "ވިލާ ހާޑްވެއާ"ގެ ނަމުގައި އައު ފިހާރައެއް ހުޅުވައިފިއެވެ.

މި ފިހާރަ ހުޅުވާފައި ވަނީ ހުޅުމާލޭގެ ފުރަތަނަ ފިޔަވަހީގައި ވިލާ އިން ހިންގަމުންދާ ޕެޓްރޯލް ޝެޑްގައެވެ.

މިކަމާގުޅިގެން ވިލާ ހާޑްވެއާގެ އޮފިޝަލަކު ވިދާޅުވީ، އެ ފިހާރައިގެ އަމާޒަކީ ފެންވަރު ރަނގަޅު ހާޑްވެއާ ޕްރޮޑަކްޓްތައް ހެޔޮ އަގުގައި ގެނެސްދިނުން ކަމަށެވެ.

އެގޮތުން، މި ފިހާރައިން ޕްރިމިއަމް ބްރޭންޑްތަކުގެ އެކި އުފެއްދުންތައް އެކަށީގެންވާ އަގެއްގައި ލިބެން ހުންނާނައިރު، އޭގެ ތެރޭގައި އެމެރިކާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ކެޓް (ކެޓަޕިލާ) ބްރޭންޑްގެ ޕަވާޓޫލްސް، ޓެކިރޯ އަދި ހެކްޓާ ޓޫލްސް ބްރޭންޑްގެ ހޭންޑްޓޫލްސްތައް ހިމެނެއެވެ. އެ ހުރިހާ ޕްރޮޑަކްޓް ތަކެއްވެސް ހޯލް ސޭލް އަދި ރީޓެއިލްކޮށްވެސް ލިބިގެން ދާނެ ކަމަށް ވިލާއިން މައުލޫމާތުދެއެވެ.

ވިލާ ހާޑްވެއާ އިން ލިބެން ހުންނަ ފްލައިވުޑްގެ ވައްތަރުތަކަށް ބަލާއިރު ރާއްޖެ މާކެޓުގައި އިތުބާރުހުރި މެލޭޝިއާ ފްލައިވުޑް، މެރިން ފްލައިވުޑް، ކޮމާޝަލް ފްލައިވުޑް އަދި ފިލްމް ފޭސްޑް ފްލައިވުޑް ހިމެނެއެވެ.

ގިނަ ހާޑްވެއާ ޕްރޮޑަކްޓްތައް ލިބެން ހުންނަ ވިލާ ހާޑްވެއާ އިން ކޮންޑިއުޓް ހޮޅީގެ ވައްތަރުތައް ލިބެން ހުންނައިރު، އޭގެތެރޭގައި އާންމު ގޮތެއްގައި އިމާރާތްތައް ހަދާއިރު ކޮންކްރީޓްގެ ތެރެއިން ނަރު އެޅުމަށް ބޭނުންކުރާ ހަރު ހޮޅީގެ އިތުރުން ސީލިންގް މަތިން ނުވަތަ ސިމެންތި ޖަހާއިރު އޭގެ އެތެރެ އިން ނަރު ދައުރު ކުރުމަށް އާންމުކޮށް ބޭނުންކުރާ ކޮރެގޭޓެޑް ކޮންޑިއުޓް ނުވަތަ ކޮންޑިއުޓް މަޑު ހޮޅި ހިމެނެއެވެ.

މީގެ އިތުރުން ލިޓަފްލެކްސް ފިޓިންގްސް، ހައި ކޮލެޓީ އެކި ސައިޒުގެ ކޭސިންގް، ކޮމްޕާޓްމަންޓް ޓްރަންކިންގް، ފްލޯ މަތީގައި ކޭބަލް އަޅާއިރު ރައްކާތެރިކޮށް ބެހެއްޓުމަށް ބޭނުންކުރާ ކާޕެޓް ޓްރަންކިންގް ވެސް މި އައު ފިހާރައިން ލިބެން ހުރެއެވެ.

ވިލާ ހާޑްވެއާގެ އޮފިޝަލަކު ވިދާޅުވިގޮތުގައި، ވިލާ ހާޑްވެއާއިން ލިބެން ހުންނަ ޕަވަޓޫލްސް އާއި އެކު މިހާރު ރާއްޖޭގެ މާކެޓުގައި އާންމު ޕަވަޓޫލްސް ތަކުގެ އެސަސަރީސް ބޭނުން ކުރެވޭނެއެވެ.

އެހެންކަމުން އަލަށް އެ ބްރޭންޑަށް ބަދަލުވާން ބޭނުންވާ ނަމަވެސް ކުރީގެ އެސަސަރީސް ބޭނުން ކުރެވުމަކީ މަސައްކަތްތެރިންނަށް ލިބޭ ވަރަށް ބޮޑު ލުޔަކަށް ވާގެންދާނެ ކަމަށާއި، ކޮންޑިއުޓް ހޮޅިއަށް ބޭނުންވާ ފިޓިންގްސް ވެސް މިހާރު ވިލާއިން ވިއްކާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

ވިލާއިން ބުނީ އެކުންފުނިން ވިއްކާވިއްކާ ހުރިހާ ސާމާނެއްވެސް މާލެ އާއި ހުޅުމާލެ އަދި ބޯޓުތަކަށް ޑެލިވަރީ ކޮށްދޭ ކަމަށެވެ.

އެ ކުންފުނީގެ ޕްރޮޑަކްޓްތަކާއި ގުޅޭ އިތުރު މައުލޫމާތު އޮޅުން ފިލުވުމަށް 7211333 ނަންބަރަށް ވައިބާ ކޮށްގެން މައުލޫމާތު ލިބިގެން ދާނެއެވެ. މީގެ އިތުރުން ވިލާ ހަކަތައިގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ނުވަތަ އީމެއިލް މެދުވެރިކޮށްވެސް މައުލޫމާތު ލިބޭނެ ކަމަށް އެކުންފިނިން ބުނިއެވެ.


More from vNews