ސިޔާސީ މުވައްޒަފުން އެޗްޕީއޭގެ އުސޫލަށް ތަބާވުމެއް ނެތް!

Thu, 25 Feb 2021 12:33 AM

View on this article on Vaguthu

ސިޔާސީ މުވައްޒަފުން އެޗްޕީއޭގެ އުސޫލަށް ތަބާވުމެއް ނެތް!

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު 100 އަށްވުރެ މަތީގައި ހުންނަތާ މަސް ދުވަސް ވެގެން ދިޔައިރު މިހާރު ވެސް ފެންނަ މަންޒަރަކީ ސިޔާސީ މަގާމުތައް އަދާކުރައްވަމުން ގެންދަވާ ބޭފުޅުން އެޗްޕީއޭގެ އުސޫލުތަކަށް ތަބާނުވާ މަންޒަރެވެ.

އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންތަކެއް ޕާޓީއެއް ބޭއްވިތާ ގިނަ ދުވަސްތަކެއް ނުވަނީސް ހޯމް މިނިސްޓްރީގެ އެންމެ އިސް ސިޔާސީ މުވައްޒަފުންތަކެއް ވެސް މިވަނީ ޕާޓީއެއް ބާއްވާފައެވެ. މަތީ މަގާމުތަކުގައި ތިއްބަވާ މުވައްޒަފުން އެޗްޕީއޭގެ އުސޫލުތަކަށް ތަބާނުވި ނަމަވެސް އެއިން އެއްވެސް ބޭފުޅަކަށް ފިޔަވަޅެއް ނާޅައެވެ.

ފާއިތުވި އެއްމަސް ދުވަސް ތެރޭގައި އެންމެ ދުވަހަކު ފިޔަވައި އެހެން ހުރިހާ ދުވަހަކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ހުރީ 100 އަށްވުރެ މަތީގައެވެ. ޖަނަވަރީ މަހުގެ 24 ވަނަ ދުވަހު 108 މީހުން ފައްސިވި ފަހުން އެންމެ މަދުން މީހުން ފައްސިވީ ފެބްރުއަރީ 02 ވަނަ ދުވަހު އެވެ. އެދުވަހު ވެސް 99 މީހުން ފައްސިވިއެވެ. އެންމެ ގިނަ މީހުން ފައްސިވީ ފެބްރުއަރީ 01 ވަނަ ދުވަހު އެވެ. އެދުވަހު 215 މީހުން ފައްސިވިއެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން ހަރުކަށި ބައެއް ފިޔަވަޅުތައް އެޅި ނަމަވެސް އަދި ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުންނެއް ނާދެއެވެ.

ކޮވިޑް-19 އާއި ގުޅުން ހުރި އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.