ކޮވިޑް-19: މިއަދު ރާއްޖެ އިން 124 މީހަކު ފައްސިވެއްޖެ

Wed, 24 Feb 2021 10:21 PM

View on this article on Vaguthu

ކޮވިޑް-19: މިއަދު ރާއްޖެ އިން 124 މީހަކު ފައްސިވެއްޖެ

މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 124 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 94 މީހުން ފައްސިވީ މާލެއިންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ފަސް މީހުން، ރިސޯޓްތަކުން 15 މީހުން ސަފާރީއަކުން އެކަކު އަދި އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށަކުން ނުވަ މީހުން މިއަދު ފައްސިވިއެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 104 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑް ޖެހިފައި ތިބީ 2449 މީހުންނެވެ. އޭގެތެރެއިން 162 މީހަކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި އެއްމަސް ދުވަސް ތެރޭގައި އެންމެ ދުވަހަކު ފިޔަވައި އެހެން ހުރިހާ ދުވަހަކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ހުރީ 100 އަށްވުރެ މަތީގައެވެ. ޖަނަވަރީ މަހުގެ 24 ވަނަ ދުވަހު 108 މީހުން ފައްސިވި ފަހުން އެންމެ މަދުން މީހުން ފައްސިވީ ފެބްރުއަރީ 02 ވަނަ ދުވަހު އެވެ. އެދުވަހު ވެސް 99 މީހުން ފައްސިވިއެވެ. އެންމެ ގިނަ މީހުން ފައްސިވީ ފެބްރުއަރީ 01 ވަނަ ދުވަހު އެވެ. އެދުވަހު 215 މީހުން ފައްސިވިއެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން ހަރުކަށި ބައެއް ފިޔަވަޅުތައް އެޅި ނަމަވެސް އަދި ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުންނެއް ނާދެއެވެ.