ހއ. އަތޮޅު ހޮސްޕިޓަލުގައި އޮތް މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު ނިޔާވެއްޖެ

Tue, 23 Feb 2021 01:42 PM

View on this article on Vaguthu

ހއ. އަތޮޅު ހޮސްޕިޓަލުގައި އޮތް މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު ނިޔާވެއްޖެ

ހއ. އަތޮޅު ހޮސްޕިޓަލުގައި އޮތް މާބަނޑު އަންހެެނެއްގެ ބަނޑަށް ދަރިފުޅު ނިޔާވެެއްޖެއެވެެ.

ހއ. އަތޮޅު ހޮސްޕޓަލުގެެ މެނޭޖަރު މުހައްމަދު ހާޝިމް "ވަގުތަށް" ވިދާޅުވީ، އެެ ހޮސްޕިޓަލަށް ގެެނައި އަންހެނެއްގެ ބަނޑަށް ނިޔާވެފައި ވަނީ ގާތްގަނޑަކަށް އިރުއޮއްސި 6:30 ހާއިރު ކަމަށެެވެ. އެ އަންހެން މީހާ އަކީ ދިއްދޫއަށް އުފަން މީހެެއް ކަމަށް ހާޝިމް ވިދާޅުވިއެވެ.

އޭނާގެ ބަނޑުގައި އޮތް ދަރިފުޅު ނިޔާވި ސީދާ ސަބަބެއް އަދި ދެނެެގަނެވިފައި ނުވާ ކަމަށް ހާޝިމް ވިދާޅުވިއެވެ. ހާޝިމް ވިދާޅުވީ މިކަން ޑޮކްޓަރުންނާ ވާހަކަ ދައްކައިގެެން ބަލަމުން އަންނަ ކަމަށެވެ.

އެ އަންހެން މީހާ އަށް މިހާރު އަންނަނީ ހދ. ކުޅުދުއްްފުށީ ހޮސްޕޓަލުގައި ފަރުވާ ދެމުންނެވެ. މިކަމާ ގުޅޭ ގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލުގެ ބަހެެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

މީގެ ކުރިން ތޮއްޑޫގައި ވެސް މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު ނިޔާވެފައި ވެއެވެ. ނަރުދޫ އަންހެނެއްގެ ބަނޑަށް ވެސް ދަރިފުޅު ނިޔާވި ހާދިސާއެއް ކުރިން ހިނގާފައި ވެއެވެ. އަދި ކުޑަހުވަދޫ ހޮސްޕިޓަލްގައި ދުވަސް ނުފުރައި ވިހޭ އެއްމާބަނޑު ދެ ކުއްޖަކު ނިޔާވި ހާދިސާއެއް ވެސް ފުރަބަންދުގެ ތެރޭގައި ފެންމަތިވިއެވެ.