އިނގިރޭސިވިލާތަަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ފަރަޙަނާޒް ފައިޞަލް، އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ ސަފީރު ކަމަށް ޢައްޔަންކުރަން މަޖިލީހަށް ނަން ފޮނުވައިފި އެވެ.
އައިއެމްއޯއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބަކަށް، ޑރ.ފަރަޙަނާޒް ފައިޞަލް ޢައްޔަންކުރެއްވުމަށް މަޖިލީހަށް ފޮނުއްވާފައިވާއިރު، ނަން ދިރާސާކުރެއްވުމަށް ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ވަނީ ފޮނުއްވާފައެވެ.
ޑރ.ފަރަޙަނާޒް މިވަގުތު އަޔަލެންޑާއި ސްޕެއިން އަދި ފްރާންސްގެ ނޮން ރެސިޑެންޝަލް ސަފީރުގެ މަގާމު ވެސް ފުރުއްވަމުން ދާއިރު އެބޭފުޅާއަކީ ރާއްޖޭގައި އެންމެ ފުރަތަމަ ޕީއެޗްޑީ ހާސިލުކުރެއްވި އަންހެން ބޭފުޅާކަން ފާހަގަކޮށްލަން ޖެހެއެވެ.