މާލޭ ރައްޔިތުންގެ އިޙުސާސްތައް ވަށަފަރު މީހަކަށް ނޭނގޭނެ: އާޒިމް

Tue, 23 Feb 2021 01:24 PM

View on this article on Voice.mv

މާލޭ ރައްޔިތުންގެ އިޙުސާސްތައް ވަށަފަރު މީހަކަށް ނޭނގޭނެ: އާޒިމް

މާލޭ މީހުންގެ އިޙުސާސްތަކެއް ވަށަފަރު މީހަކަށް ނޭގޭނެ ކަމަށް ވިދާޅުވެ، އިދިކޮޅު ކޯލިޝަންގެ ފަރާތުން މާލޭ މޭޔަރު ކަމަށް ކުރިމަތިލާފައިވާ ޑރ.މުޙައްމަދު މުޢިއްޒުއަށް މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމް މަލާމާތްކުރައްވައިފިއެވެ.

ADS BY CAFE HOUSE OK

ޢާޒިމް މި މޭރުމުން ވާހަކަދައްކަވާފައިވަނީ، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހިންގި ހިޔާ މަޝްރޫޢުގެ ދަށުން ކުރީ ސަރުކާރުން ދިނުމަށް ނިންމި އެއް ކޮޓަރީގެ ފުލެޓުތަކާމެދު މި ސަރުކާރުން ކަންކުރި ގޮތެއް ހާމަކުރުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބުރައީސް އަޙްމަދު ޝިޔާމު ހުށަހެޅުއްވި މައްސަލައަށް ބަހުސްކުރައްވަމުންނެވެ.

އާޒިމް ވިދާޅުވީ، މާލޭ ރައްޔިތުންގެ އިޙުސާސްތަކެއް ވަށަފަރު މީހަކަށް ނޭނގޭނެ ކަމަށެވެ. އަދި ހައުސިން މިނިސްޓަރުކަމަށް ރައީސް ޔާމީނުގެ ވެރިކަމުގައި ވަށަފަރު ބޭފުޅަކާ ހަވާލުކޮށްފައި އޮތް އޮތުމަކީ މާލޭގެ ރައްޔިތުންނަށް އިހުމާލުވުމުގެ ވިސްނުމުގައި ނުވަތަ މާލެ ރައްޔިތުންނަށް ކަމެއް ކޮށްނުދިނުމުގެ ވިސްނުމުގައި ނޫން ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޑރ.މުއިއްޒުގެ ބައްޕާފުޅަކީ ހއ.ވަށަފަރަށް އުފަން ފަރާތެކެވެ.

ހަމައެހެންމެ ޢަލީ ޢާޒިމްވަނީ ރައީސް ޔާމީނުގެ ސަރުކާރުގައި ހައުސިން ދީފައިވަނީ ރިޔާސީ އިންތިޚާބު ނިމި، ރައީސް ޞާލިޙު ހުވައިކުރެއްވުމަށް ހަމަޖެހުނުތާ ދެތިން ދުވަސްކުރިން ކަމުގައި ވިދާޅުވެފައެވެ. ނަމަވެސް 2018 ވަނަ އަހަރުގެ އޮކްޓޯބަރުގައި އެއިރުގެ ސަރުކާރުން ހިޔާ މަޝްރޫޢުގެ ދާއިމީ ލިސްޓު ޝާއިޢުކުރިކަން ފާހަގަކުރެވެއެވެ.