ޕޮލިސް ބޯޑަށް އާންމުންގެ ތެރެއިން ފަސް ފަރާތެއް ކުރިމަތިލައިފި

Tue, 23 Feb 2021 01:00 PM

View on this article on Voice.mv

ޕޮލިސް ބޯޑަށް އާންމުންގެ ތެރެއިން ފަސް ފަރާތެއް ކުރިމަތިލައިފި

ދާދިފަހުން ތަސްދީގުކުރެވުނު ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ ދަށުން އުފައްދާ ޕޮލިސް ބޯޑްގައި އާންމުންގެ ތެރެއިން އައްޔަންކުރެވޭ ދެ މެންބަރުންގެ މަގާމަށް ފަސް ފަރާތެއް ކުރިމަތިލައިފިއެވެ.

ADS BY CAFE HOUSE OK

އެ ގާނޫނުގެ 75ވަނަ މާއްދާގެ ހގައިވާ ގޮތުގައި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރ އައްޔަންކުރުމުގައި، އެ މަގާާމަށް އެކަށޭނަ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމަށާއި، ލަފާދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި އެހެނިހެން ފަރާތްތަކަށް ލަފާދޭން އެކުލަވާލެވޭ 7 މެންބަރުންގެ ބޯޑެކެވެ. މި ބޯޑަށް އާންމުންގެ ތެރެއިން އައްޔަންކުރާ މެންބަރުން ކަނޑައެޅިގެންދާނީ ރައްޔިތުންގެ މަޖިލީހުން ނަގާ ވޯޓަކުންނެވެ.

އެ ބޯޑަށް އާންމުންގެ ތެރެއިން އައްޔަންކުރާ ދެ މެންބަރުންނަށް ކުރިމަތިލާފައިވަނީ ޖުމްލަ ފަސް ފަރާތެކެވެ. އެ ފަސް ފަރާތަކީ:

1. ލަބީގް މުހައްމަދު މާހިދު / މ. މަނަދޫވިއު

2. ޒުބައިރު އަހުމަދު މަނިކު / ގ. މަލްވިނަ

3. ޒީނަތު އަލީ / ދަފްތަރު ނަންބަރު 1626

4. އަލީ މުހައްމަދު މަނިކު / ދަފްތަރު ނަންބަރު 1851

5. ހާމިދު އަބްދުލްޣަފޫރު / ހ. ޝޭޑީ ކޯނަރު، މިއެވެ.


މީގެ ތެރެއިން ހާމިދު އަބްދުލްޣަފޫރަކީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ފަރާތެއްކަން ފާހަގަކޮށްލެވެއެވެ.