އުތުރު ތިލަފަޅުގެ އެއްބަސްވުން ސާފުކޮށްނުދެވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް: ޔުމްނާ

Tue, 23 Feb 2021 12:51 PM

View on this article on Voice.mv

އުތުރު ތިލަފަޅުގެ އެއްބަސްވުން ސާފުކޮށްނުދެވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް: ޔުމްނާ

އުތުރު ތިލަފަޅުގައި ސިފައިންގެ ކޯސްޓްގާޑް ބަނދަރަކާއި ޑޮކްޔާޑެއް ތަރައްޤީ ކުރަން އިންޑިއާ އާއެކުވި އެއްބަސްވުން ރައްޔިތުންނަށް ސާފުކޮށް ދެވިފައިނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ADS BY PRESS HOUSE

ދުންޔާ މިފަދައިން ވިދާޅުވެފައިވަނީ، އިންޑިއާއާއެކު އިއްޔެ ރާއްޖެއިން ހެދި އެއްބަސްވުމުގެ ތަފުސީލު ހާމަކޮށްފައިނުވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާތީ އެކަމާއި ގުޅިގެންނެވެ.

އެކަމަނާ ވިދާޅުވީ، އެއީ ރައްޔިތުންނަށް އެ އެއްބަސްވުން ސާފުކޮށްނުދެވުމަކީ ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި އެކަން ރައްޔިތުންނަށް ސާފުކޮށްދިނުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.

އުތުރު ތިލަފަޅުގައި ޤާއިމްކުރާ ސިފައިންގެ ބަނދަރާއި ޑޮކްޔާޑު ތަރައްޤީކުރުމަށްވި އެއްބަސްބެހޭގޮތުން ވާހަކަ ދައްކަވަމުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ޢަބްދުލްރަޙީމް ވިދާޅުވީ، އުތުރު ތިލަފަޅުގައި ސިފައިންގެ ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްޤީކުރަން އަވައްޓެރި އިންޑިއާއާއެކު ސޮއިކުރި ނަމަވެސް އެއީ އަސްކަރީ މަރުކަޒެއް ނޫން ކަމަށާއި، އެތަނުގައި އިންޑިއާ ސިފައިން ނުތިބޭނެ ކަމަށެވެ.

"މިއީ އަސްކަރީ މަރުކަޒެއް ނޫން. މިއީ ޑޮކްޔާޑެއް. މިއީ އެލޯގްސައިޑް ބަނދަރެއް. އެހެންވީމަކާ މިތަނަކުއެއް އަސްކަރީ އެއްވެސް ބަޔަކު ތިބޭ ގޮތަކަށް އޮތް ތަނެއް ނޫން މިއީ. މިތަނުގައި އިންޑިއާ ސިފައިން ތިބޭ ގޮތަށް އޮތް ތަނެއް ނޫން މިއީ،" ޢަބްދުލްރަޙީމް ވިދާޅުވިއެވެ.