ހުޅުމާލެ ފޭސް ދޭއްގައި އެކްސިޑެންޓެއް، އަނިޔާވީ އަންހެނަކަށް

Fri, 26 Jul 2024 10:46 PM

View on this article on Vaguthu

ހުޅުމާލެ ފޭސް ދޭއްގައި އެކްސިޑެންޓެއް، އަނިޔާވީ އަންހެނަކަށް

ހުޅުމާލެ ފޭސް ދޭއްގައި އެކްސިޑެންޓެއް ހިނގާ އަންހެނަކަށް އަނިޔާވެއްޖެއެވެ.



މީގެ އިރުކޮޅެއް ކުރިން މި އެކްސިޑެންޓް ހިނގާފައި ވަނީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.

މި އެކްސިޑެންޓް ފޭސް ދޭއް ކުޑަ ބްރިޖް ކައިރީގައި ފޭސް 1 އިން ފޭސް 2 އަށް ދާ ފަޅީގައެވެ.

މި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މަންޒަރު ދުށް މީހަކު ކިޔާދިން ގޮތުގައި އެ މީހާގެ ބޯ ވަނީ ފަޅައިގެން ގޮސްފައެވެ. އޭނާއަށް ލިބުނު އަނިޔާތައް ސީރިއަސްކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެއވެެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލެ ފޭސް ދޭއްގައި އެކްސިޑެންޓެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓް ކުރި ކަމަށެވެ. އަދި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.



More from Vaguthu