ދެކުނަށް ހުޅަނގު މޫސުން ފެށިއްޖެ

Fri, 10 May 2024 05:34 PM

View on this article on Vaguthu

ދެކުނަށް ހުޅަނގު މޫސުން ފެށިއްޖެ

މި އަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް އިއްޔެ ފެށިފައިވާ ކަަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ވިދާޅުވެއްޖެއެވެ.



ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ މީލާދީން ގޮތުން ބަލާއިރު ގާތްގަނޑަކަށް ޖަނަވަރީން ފެށިގެން މާރިޗް މަހުގެ ނިޔަލަށް އޮންނަ މޫސުމެކެވެ. އަދި ހުޅަނގު މޫސުމަކީ މެއި މަހުން ފެށިގެން ގާތްގަނޑަކަށް ނޮވެމްބަރުގެ ނިޔަލަށް އޮންނަ މޫސުމެކެވެ.

މެޓް އޮފީހުން މިއަދު ވިދާޅުވި، ހުޅަނގު މޫސުމުގެ އަސަރުތައް އާއްމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާގެ ތެރެގައި ދެކުނުގެ އަތޮޅުތަކަށް ފަށާނެ ކަމަށެވެ. އަދި އޭގެ ފަހުން މި މޫސުމުގެ އަސަރު މެދު ރާއްޖެތެރެއަށް ފޯރައި، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް ހުޅަނގު މޫސުން ފެށިގެން ދާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އަދި މިއަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަސް ފެށިފައި ވަނީ މެއި މަހުގެ ނުވަ ވަނަ ދުވަހު ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ މޫސުމާއި ބެހެ އިދާރާއިން ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިގަނޑުތަކަށް ބަލާއިރު، ވާރޭ މެއި 1ގެ ފަގުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓާރު ނުވަތަ އިތުރަށް ވާރޭ ވެހުމާއި އަދި މި ހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުން ހިމެނެއެވެ.

އަދި ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބޭރުމިނުގައި ޖެހުމާއި، އަދި މިހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުން ހިމެނެއެވެ.



More from Vaguthu