ބޯން މެރޯ ހެދުމަށް ޑޯނާ އާއި ބަލިމީހާ ދިމާވޭތޯ ހަދާ ޓެސްޓް ރާއްޖެއިން ހެދޭނެ އިންތިޒާމު ހަމަޖައްސައިފި

Wed, 08 May 2024 11:13 PM

View on this article on Vaguthu

ބޯން މެރޯ ހެދުމަށް ޑޯނާ އާއި ބަލިމީހާ ދިމާވޭތޯ ހަދާ ޓެސްޓް ރާއްޖެއިން ހެދޭނެ އިންތިޒާމު ހަމަޖައްސައިފި

ބޯން މެރޯ ހެދުމަށް ޑޯނާ އާއި ބަލިމީހާ ދިމާވޭތޯ ހަދާ ޓެސްޓް ރާއްޖެއިން ހެދޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.



މިކަން ހަމަޖައްސާފައިވާކަން ބައިނަލްއަޤްވާމީ ތެލެސީމިއާ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ މީގެކުރިން ބޯން މެރޯޓްރާންސްޕްލާންޓް ހެދުމުގެ ކުރިން ޑޯނާ އާއި ބަލިމީހާ ދިމާވޭތޯ ހަދާ ޓެސްޓް ހަދަނީ ވަރަށް ހާލުގައި ކަމަށެވެ. އެގޮތުން ބަލިމީހާ އާއި ޑޯނާގެ އިތުރުން ބަލިމީހާގެ މައިންބަފައިން ރާއްޖެއިން ބޭރަށް ދާން ޖެހޭ ކަމަށެވެ. ފައިސާގެ ގޮތުންނާއި ވަގުތުގެ ގޮތުން އެއީ ވަރަށް ބޮޑު ޤުރުބާނީއެއް ކަމަށެވެ.

ބޯން މެރޯޓްރާންސްޕްލާންޓް ހެދުމުގެ ކުރިން ޑޯނާ އާއި ބަލިމީހާ ދިމާވޭތޯ ހަދާ ޓެސްޓް ރާއްޖޭގައި ތިބިގެން ޓެސްޓް ހެދޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި 7 މާރޗްގައި ފުރަތަމަ ބުރުގައި 13 މީހުން ޓެސްޓް ހަދާ ނިންމައިފި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި މަސް ތެރޭގައި ނޫނީ އަންނަ މަހު ޓެސްޓް ހެދުމުގެ ދެވަނަ ބުރު ނިންމާލެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ. މިއީ ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ ކުރިން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވަނީ އަތޮޅު ތެރޭގައި ތެލެސީމިއާ ޓެސްޓުތައް ހެދޭނެ އިންތިޒާމްތައް ފުޅާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ރާއްޖޭގެ ޓާޝަރީ ހޮސްޕިޓަލުތަކުގައި ބްލަޑް ބޭންކް ގާއިމް ކުރުމާއި، ރާއްޖޭގެ 20 އަހަރުގެ މާސްޓަރ ޕްލޭން އެކުލެވިގެންދާއިރު، ރާއްޖޭގައި ތެލެސީމިއާ ބައްޔަށް ހޭލުންތެރި ކަން އިތުރުކޮށް ތެލެސީމިއާގެ ސްކްރީނިންގގެ ކަންކަން ސްޓްރީމްލައިން ކުރެވޭނެ ނިޒާމަކަށް ކަންކަން ގެންދިއުމަށް ކުރުން ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ ތެރެއިން ސަރުކާރުގެ ނިޒާމުގެ ތެރެއިން ތެލެސީމިއާއަށް ހޭލުންތެރި ކުރުމަށް ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކުން ޕްރޮގްރާމްތައް ހިންގުމާއި ގްރޭޑް 10 ނިންމުމުގެ ކުރިން ތެލެސީމިއާއަށް ޓެސްޓު ކުރުމަށް ނިންމާފައިވާ ކަަމަށް ވިދާޅުވިއެވެ.

ރާއްޖެއަކީ އާބާދީގެ ނިސްބަތުން ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދާ މީހުން ގިނަ ގައުމެކެވެ.



More from Vaguthu