ބ. އޭދަފުށީގައި 1000 ހައުސިން ޔުނިޓު އެޅުމަށް ޗައިނާ ކުންފުންޏަކަށް

Wed, 08 May 2024 09:32 PM

View on this article on Vaguthu

ބ. އޭދަފުށީގައި 1000 ހައުސިން ޔުނިޓު އެޅުމަށް ޗައިނާ ކުންފުންޏަކަށް

ބ. އޭދަފުށީގައި 1000 ހައުސިން ޔުނިޓު އެޅުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.



ހައުސިން ޔުނިޓު އަޅަން ހަވާލު ކުރީ ޗައިނާގެ ސިނޯހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާއެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. އަދި ސިނޯހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު ޕޭން ގުއާންޒޫއެވެ.

މި އެއްބަސްވުމާ ގުޅޭ އިތުރު ތަފްސީލެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

އޭދަފުށްޓަކީ މިސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީކުރަން ނިންމާފައިވާ އާބަން ސެންޓަރުތަކުގެ ތެރެއިން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރާ ރަށެއްގެ ގޮތުގައި ހަމަޖައްސަވައި އޭދަފުށީގައި 1،000 ހައުސިން ޔުނިޓް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތީ މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭންގައި އޭދަފުށްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.



More from Vaguthu