މޯލްޑިވިއަންގެ އޭޓީއާރް މަރުކާގެ 4 ވަނަ ފްލައިޓް ރާއްޖެ ގެެނެސްފި

Wed, 08 May 2024 05:12 PM

View on this article on Vaguthu

މޯލްޑިވިއަންގެ އޭޓީއާރް މަރުކާގެ 4 ވަނަ ފްލައިޓް ރާއްޖެ ގެެނެސްފި

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން ގަނެފައިވާ އޭޓީއާރް މަރުކާގެ 4 ވަނަ ފްލައިޓް ރާއްޖެ ގެނެސްފިއެވެ.



މި ފްލައިޓް ރާއްޖެ ގެނެސްފައިވަނީ މިއަދެވެ. މޯލްޑިވިއަނުން ބުނީ ފްލައިޓް އޮޕަރޭޝަނަށް ނެރޭނެ ކަމަށެވެ. އެ ބޯޓުގެ ޓެސްޓް ފްލައިޓްތައް ފްރާންސްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

މޯލްޑިވިއަން އިން ދާދި ފަހުން ވަނީ އޭޓީއާރް-42-600ގެ އިތުރު ދެ ފްލައިޓް ރާއްޖެ ގެނައުމަށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެ ދެ ފްލައިޓް މި އަހަރު ފަހުކޮޅު ރާއްޖެ ގެނެވޭނެ ކަމަށް ބެލެވެއެވެ.

އޭޓީއާރް މަރްކާގެ ސަބަބުން އުޅަނދަށް ބޭނުންވާ މެއިންޓެނަންސްގެ ޚަރަދުތައް ވެސް ފުދޭވަރަކަށް ކުޑަވެގެން ދާނެއެވެ.

މޯލްޑިވިއަން އިން މިހާރު އާޓީއާރް މަރުކާގެ ތިން ބޯޓު ބޭނުން ކުރަމުންދާއިރު، ތިން ވަނަ ބޯޓު ރާއްޖެ ގެނެސްފައި ވަނީ މިދިޔަ އަހަރު އޭޕްރިލް މަސް ތެރޭގައެވެ.

މޯލްޑިވިއަންއިން އޭޓިއާރް މަރުކާގެ ބޯޓުތައް ބޭނުން ކުރަމުން ދަނީ އެތެރޭގެ އުދުހުންތަކަށެވެ. ބޭރުގެ ދަތުރުތަކަށް ބޭނުން ކުރަމުން ދަނީ އޭ320ގެ ބޯޓެކެވެ.

ފްލީޓް ޓްރާންސިޝަންގެ ދަށުން މޯލްޑިވިއަން އިން ޑޭޝް8އެސްގެ މުޅި ފްލީޓްގެ ބަދަލުގައި އާ އޭޓީއާރު މާރުކާގެ ބޯޓުތައް ގެންނަމުންދާއިރު، މޯލްޑިވިއަންގެ އަމާޒަކީ 2025 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ އަށް އޭޓީއާރް ބޯޓު ގެނައުމެވެ.



More from Vaguthu