ކިޔުބީ އެޕްލިކޭޝަންގެ މައްސަލަ ހައްލު ކުރެވިއްޖެ: އިމިގްރޭޝަން

Wed, 08 May 2024 04:29 PM

View on this article on Vaguthu

ކިޔުބީ އެޕްލިކޭޝަންގެ މައްސަލަ ހައްލު ކުރެވިއްޖެ: އިމިގްރޭޝަން

ކިޔުބީ އެޕްލިކޭޝަން އަށް ދިމާވި މައްސަލަ ހައްލު ކުރެއްވިއްޖެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.



އިމިގްެރޭޝަނުން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އިއްޔެ ކިއުބީ އެޕްލިކޭޝަނަށް ދިމާވި މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށާއި މިހާރު ޕާސްޕޯޓު ނަގަން އެދި ކިޔުބީ އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ނެގޭނެ ކަމަށެވެ.

އެޕްލިކޭޝަނަށް އިއްޔެ މައްސަލަ ދިމާވުމާއި ގުޅިގެން ޓޯކަން ނަންބަރުތައް ދޫކުރަމުންދިޔައީ ވެލާނާގޭގައި ހުންނަ ރިސެޕްޝަން ކައުންޓަރުންނެވެ.

ޕާސްޕޯޓް ހަވާލުކުރުމަށް ނަންބަރު ދޫކުރުން ކުރިއަށްދާނީ ހެނދުނު 08:30 އިން ހަވީރު 17:00 އަށެވެ. އެހެންނަމަވެސް މެންދުރު 12:00 އިން 12:45 ޕާސްޕޯޓް ހަވާލުކުރުމަށް ދޫކުރާ ނަންބަރު ދޫކުރުން މެދުކެނޑޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މެޑިކަލް އެމަޖެެންސީގައި ޕާސްޕޯޓަށް އެދޭ ފަރާތްތަކަށާއި އުމުރުން 65 އަހަރުން މަތީގެ މީހުންނަށް އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ގޮތް ވެސް މީގެ ތިން މަސް ކުރިން ވަނީ ހަމަޖައްސާފައެވެ.

މެޑިކަލް އެމަޖެންސީ ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ފުރުމަށް ޕާސްޕޯޓު ހެއްދުމަށް އަންނަ މީހުންނަށް ކޮންމެ ވަގުތަކުވެސް އެ ހިދުމަތް ލިބިގެންދާނެ ކަމަށާއި، މިފަދަ މީހުންނަށް ޕާސްޕޯޓް ހެއްދުމަށް އިމިގްރޭޝަނަށް ހާޒިރުވުމުން، އިމިގްރޭޝަންގެ އެހީތެރިކަމާއެކު ޕާސްޕޯޓަށް އެދި ހުށައެޅުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެެވެ. އަދި ޕާސްޕޯޓަށް ބޭނުންވާ ޕޮޓޯ ނެގުމުގެ އިންތިޒާމް ވެސް ފޯރުކޮށްދެވޭނެކަމަށް އޭރު އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދު ވަނީ އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ފޯމް ހުށަހެޅުމަށް ދަތިވާ ހާލަތްތަކުގައި ޕާސްޕޯޓަށް އެދޭވެނެ އެހެން މަގެއް ފަހިކޮށް ދެއްވާނެ ކަމަށް ކުރިން ވިދާޅުވެފައެވެ.

އެހެންކަމުން މި ވައުދާ އެއްގޮތައް މިއަދުން ފެށިގެން މެޑިކަލް އެމެޖެންސީގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނަށާއި އުމުރުން ދުވަސްވީ 65 އަހަރުން މަތީގެ މީހުން ބޭނުން ނަމަ، އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި ހުށައެޅުމުގެ އިންތިޒާމް ހަމަޖެހިފައިިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.



More from Vaguthu