އެއާޕޯޓުގައި މާރާމާރީ ހިންގި ބިދޭސީ މީހާގެ ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާކޮށްފި

Wed, 08 May 2024 12:50 PM

View on this article on Vaguthu

އެއާޕޯޓުގައި މާރާމާރީ ހިންގި ބިދޭސީ މީހާގެ ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާކޮށްފި

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންތަކަކާ މެދު މާރާމާރީ ހިންގި ބިދޭސީ މީހާގެ ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާކޮށްފިއެވެ.



ވީއައޭގެ އިންޓަރނޭޝަނަލް ޓާމިނަލްއަށް ފުރަން ގޮސް ހުރި ފަތުރުވެރިޔަކު އެއާލައިނެއްގެ ދިވެހި މުވައްޒަފުންތަކަކަށް ހަމަލާދިނީ އިއްޔެއެވެ.

ފުލުހުން ވަނީ އިއްޔެ އެ ބިދޭސީ މީހާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްފައެވެ. އެ ކޯޓުން ވަނީ ޝަރުތުކުރުމަށްފަހު އޭނާ ދޫކޮށްލާފައެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި އެ ބިދޭސީ މީހާ ބަންދުނުކޮށް ދޫކޮށްލާފައިވަނީ ޕާސްޕޯޓު ހިފެހެއްޓުމަށްފަހު އަދި ރާއްޖެއިން ނުފުރުމަށް އެންގުމަށްފަހުއެވެ.

ހަމަލާދޭ ވީޑިއޯ މީސް މީޑިއާގައި އާންމުވެފައިވާއިރު، ފުރަން ގޮސް ހުރި ބިދޭސީ މީހާ އެތަނުގައި އަޑުގަދަކޮށް މުވައްޒަފަކަށް ހަމަލާދޭތަން ފެނެއެވެ. އަދި އިތުރު މުވައްޒަފަކު އޭނާ ކޮށްޕާލުމުން އެ މުވައްޒަފަށްވެސް ހަމަލާދީފައިވެއެވެ. ދިފާއުގައި މުވައްޒަފުވެސް އޭނާ ކޮށްޕާލާތަން ފެނެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



More from Vaguthu