މިއަދު މަޖިލީހަށް ހާޒިރުވީ 10 މެންބަރުން، ޖަލްސާ ކެންސަލް!

Wed, 08 May 2024 12:24 PM

View on this article on Vaguthu

މިއަދު މަޖިލީހަށް ހާޒިރުވީ 10 މެންބަރުން، ޖަލްސާ ކެންސަލް!

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަނުވުމުން ޖަލްސާ ނުބާއްވަން ނިންމައިފިއެވެ.



ރައްޔިތުންގެ މަޖިލީހު ޖައްސާ ފެށުމަށް ކަނޑައަޅާފައިވާ ގަޑިއަކީ ހެނދުނު 9:30 އެކެވެ. ނަމަވެސް މިއަދު ޖަލްސާ އެ ވަގުތަށް ފެށިފައެއް ނުވެއެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، މިއަދުގެ ޖަލްސާ ނުފެށި ލަސްވީ ކޯރަމް ހަމަނުވާތީ ކަމަށެވެ. 10:00 ވާއިރު ކޯރަމް ހަމަވޭތޯ ބައްލަވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މިއަދު ހެނދުނު 10:00 ޖަހާއިރު ކޯރަމް ހަމަވޭތޯ ބެއްލެވުމަށްފަހު ކޯރަމް ހަމަނުވާނަމަ ޖަލްސާ ނިންމާލައްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެއަށްފަހު 11:00 ޖަހަށްދެން ކޯރަމް ހަމަވޭތޯ އިންތިޒާރުކުރެއްވުމަށްފަހު މެންބަރުން ވަޑައިނުގެނެވުމުން އަސްލަމް ވަނީ ޖަލްސާ ނިންމަވާލައްވާފައެވެ. ޖަލްސާ ނުބާއްވަން ނިންމެވި އިރު ތަޅުމުގައި ވަޑައިގެން ތިއްބެވީ އެންމެ 10 މެންބަރުންނެވެ.

އަސްލަމް ހެނދުނު ވިދާޅުވީ ކޯރަމް ހަމަނުވެގެން ޖަލްސާ ނުފެށުނު އިރު ބައެއް މެންބަރު ބޭރުގައި ތިއްބެވި ކަމަށް ވެސް މައުލޫމާތު ލިބިވަޑައިގެންނެވި ކަމަށެވެ.

މިހާރު ހިނގަމުންދާ މަޖިލީހުގެ ފަސް އަހަރުގެ ދައުރު ނިމޭނީ މެއި 15ގައެވެ. މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު މިދައުރުގެ އެންމެ ފަހުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 13 ވަނަ ދުހަވު ކަމަށް މަޖިލީހުގެ ރައީސް އަސްލަމް ކުރިން ވިދާޅުވެފައިވެއެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުކޮށްފައިވާއިރު، އެ މެމްބަރުން ހުވާ ކުރުން އޮންނާނީ މެއި މަހުގެ 28 ވަނަ ދުވަހުއެވެ.



More from Vaguthu