މޫސުން ގޯސްވެ، މުޅި ރާއްޖެއަށް ހުދު ސަމާލު

Wed, 08 May 2024 12:12 PM

View on this article on Vaguthu

މޫސުން ގޯސްވެ، މުޅި ރާއްޖެއަށް ހުދު ސަމާލު

މޫސުން ގޯސްވެ، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.



މޫސުމާއި ބެހޭ ގައުމި އިދާރާ (މެޓް) އިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު ފަހު 12:30 އިން ފެށިގެން ހަވީރު 17:00 އަށެވެ.

މެޓުން ވިދާޅުވީ، މިވަގުތުތަކުގައި މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

12:30 އިން ފެށިގެން ހަވީރަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވާއިރު، މީގެ ކުރިން ހެނދުނު 7:15 އިން ފެށިގެން މެންދުރު ފަހު 13:00 އާއި ހަމައަށް މެޓުން ހުދު ސަމާލު ނެރެފައިވަނީ ހދ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށެވެ.

އޭރު މެޓުން ލަފާކޮށްފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށެވެ.



More from Vaguthu